logoEN
cocacola
ތާޒާ ފެން ބިއްލޫރިފުޅިއަށް ބަދަލުކޮށް, އޮކްޓޯބަރު މަހު މާކެޓަށް ނެރެނީ

ތާޒާ ފެން ބިއްލޫރިފުޅިއަށް ބަދަލުކޮށް, އޮކްޓޯބަރު މަހު މާކެޓަށް ނެރެނީ

# އެމްޑަބްލިއުއެސްސީ

b_Av71rJGc9N1xJpViyefV2TepS

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އުފައްދާ މިނަރަލް ވޯޓާ (ތާޒާ ފެން), ބިއްލޫރިފުޅީ ގައި ބަންދުކޮށްގެން އޮކްޓޫބަރު މަހުގެ ތެރޭގައި ބާޒާރަށް ނެރެން ނިންމައިފިއެވެ.

ގޮސިޔާ

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރުމަކީ ކުންފުނީގެ އަމާޒެއް ކަމަށާއި އެ މަސައްކަތް ލަސްވީ ކޮވިޑާއި ގުޅިގެން ކުންފުންޏަށް ދިމާވި އިގްތިސޯދީ ދަތިތަކުގެ ސަބަބުން ކަަމަށެވެ. ޝާހް ވިދާޅުވީ އެކަމަށް ބޭނުންވާ މެޝިނަރީއަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ މިހާރު ދައްކާފައިވާ ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ގެންނަ މެޝިނަކީ ގަޑިއަކު 2،000 ފުޅި އުފެއްދޭ ވަރުގެ ކެޕޭސިޓީ ހުރި މެޝިނެކެވެ. އެގޮތުން ފުރަތަަމަ އެކުންފުނިން ބާޒާރަށް ނެރެން ނިންމާފައިވަނީ 500 އެމްއެލްގެ ފުޅިއާއި އެއް ލީޓަރުގެ ފުޅިއެވެ.

ބިއްލޫރިފުޅި އުފެއްދައި ބާޒާރަށް ނެރެން އެމްޑަބްލިޔުއެސްސީން ނިންމާފައި މިވަނީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް ރާއްޖޭގައި މަދުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ