logoEN
cocacola
އައްޑޫގައި ހަރުކަށިފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރު ކޮއްފި

އައްޑޫގައި ހަރުކަށިފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރު ކޮއްފި

# އައްޑޫ

49511C6C-BA49-40FE-A2E5-C7AE4AD36E80

އައްޑޫގައި ފުލުހުންނާއި ސިފައިން އެކުގައި ހިންގި ހާއްސަ އޮޕަރެޝަނެއްގައި 7 މީހަކު ހައްޔަރު ކޮއްފިއެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އައްޑޫގައި ޓެރަރިޒަމާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަނީ ފުލުހުންނާއި ސިފައިން ގުޅިގެން ކަމަށެވެ. އެ ހަރަކާތުގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.

ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް އައްޑޫގައި މިއަދު މި ކުރިއަށްގެންދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ބޮމެއް ގޮއްވާލައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވަނިކޮށެވެ. އެމަނިކުފާނު ގެންދަވަނީ ލިބުނު ޒަހަމްތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދެވުނު ޓެރަރިޒަމްގެ ހަމަލާއަށް ފަހު ރާއްޖޭގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. ހާއްސަކޮށް މާލެ އާއި އަތޮޅު ތެރޭ ރަށްތަކުގައިވެސް ސިފައިން ދަނީ ހަތިޔާރާއި އެކު ހަރަކާތްތެރިވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ