
Moosun
ހުވަދު އަތޮޅުން ފެށިގެން އައްޑޫ އާ ހަމައަށް މިރޭ މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން ދެންމެ ނެރެނު ރީނދޫ ސަމާލުގައި ދެކުނުގެ ހަތަރު އަތޮޅު ހިމަނާފައި ވެއެވެ. ލ. އަތޮޅާއި ހުވަދޫ، ފުވައްމުލައް އަދި އައްޑޫ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 03:00 އިން ފެށިގެން މިރޭ ދަންވަރު ހެނދުނު 06:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނީ އެ މުއްދަތުގައި އެ ސަރަހައްދަށް ބޯކޮށް ވިއްސާރަވުމާއެކު ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށާއި, އެއާއެކު ރަށްރަށަށް ރާޅު އެޅުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ވިއްސާރަ މޫސުމަށް ވެފައި, ރާއްޖޭގެ ހުރިހާ ހިސާބަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.