logoEN
cocacola
ބްރޯޑްކާސްޓިންގް ކޮމިޝަނަށް ޝިފްލާ އައްޔަން ކުރައްވައިފި

ބްރޯޑްކާސްޓިންގް ކޮމިޝަނަށް ޝިފްލާ އައްޔަން ކުރައްވައިފި

# ބްރޯޑްކާސްޓިންގ ކޮމިޝަން

181627_991cd1d5-0_

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ޝިފްލާ އިބްރާހީމް އައްޔަން ކުރައްވައިފި އެވެ.

ގޮސިޔާ

މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި، މަގާމަށް އައްޔަން ކުރައްވާ، ޝިފްލާއާއި މަގާމުގެ ލިޔުން ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ޝިފްލާ އިބްރާހީމްއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އަރޓްސް އިން ޖަރނަލިޒަމް އެންޑް މީޑިއާ ކޮމިއުނިކޭޝަންސް ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ޝިފްލާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 1999 ވަނަ އަހަރު ޓެލެވިޒަން މޯލްޑީވްސްގެ އެނައުންސަރ ޓްރެއިނީއެއްގެ ގޮތުގައެވެ. ޝިފްލާ އިބްރާހީމް މި މަޤާމަށް ޢައްޔަނުކުރެއްވުމާހަމައަށް މަސައްކަތްކުރައްވަމުން ގެންދެވީ ސަންގު ޓީވީގެ ނިއުސް އެންކަރއެއްގެ މަޤާމުގައެވެ.

އޭޕްރީލް 29 ގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޝިފްލާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 71 މެމްބަރުންގެ ވޯޓާއި އެކުއެވެ.

މީގެކުރިންވެސް ބްރޯޑްކޮމްއަށް ޝިފްލާ އައްޔަންކުރުމަށްޓަކައި، އޭނާގެ ނަން މަޖިލީހަށް ފޮނުއްވާފައިވެއެވެ. ކޮމެޓީންވެސް އެންމެ ގިނަ މާކްސް ލިބޭ ނަމެއްގެ ގޮތުގައި ޝިފްލާގެ ނަން ފާހަގަކުރެވުނު ނަމަވެސް މަޖިލީހުގެ ތަޅުމުގައި ނެގޭ ވޯޓުގައި، ވޯޓު ނުލިބި، އޭނާގެ ނަން ވަނީ އޭރު ބޭރުކޮށްލައިފައިއެވެ.

ޝީފްލާ ބްރޯޑްކާސްޓިންގ ދާއިރާގައި މެދުކެނޑުމެއް ނެތި މަސައްކަތްކުރާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ. ޝިފްލާއަކީ ސިޔާސީ ނުފޫޒުތަކުން ދުރުގައިި ދާއިރާގައި މަސައްކަތްކުރާ ފަރާތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ