
112540-161623 e 4 f 1 be 3 a d
ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ބްރޯޑްކޮމް ގެ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީޙުން ގައިސް އަށް ރުހުން ދީފައިވަނީ 3 ޑިސެމްބަރު 2019 ގައެވެ. އަދި ޑިސެމްބަރު މަހު 5ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ނައިބު ރައީސަކަށް ގައިސް ވަނީ ހަމަޖައްސާފައެވެ.
ގައިސް އާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ބްރޯޑްކޮމްގެ މެމްބަރުކަމުން ގައިސް އިސްތިއުފާދެއްވާފައިވަނީ އެހެން މަސައްކަތްތަކަށް ވަގުތު ހުސްކުރުމުގެ ގޮތުންނެވެ.
7 މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ ރައީސްއަކަށް ހުންނެވީ މަރިޔަމް ވަހީދާ އެވެ. މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އަލީ ޔޫސުފްއާއި، އާމިނަތު އަމީނާއާއި، މުހައްމަދު ފަޒީން، ޝިފްލާ އިބްރާހީމް އަދި އަމްޖަދު ވަހީދެވެ.