logoEN
cocacola
ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލީ އިތުރު ސްޓޮކް ހޯދުމުގައި ދަތިތަކެއް ހުރުމުން: އެޗްޕީއޭ

ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލީ އިތުރު ސްޓޮކް ހޯދުމުގައި ދަތިތަކެއް ހުރުމުން: އެޗްޕީއޭ

ހުސެއިން

logo

5/4/2021, 3:49:17 PM

# ކޮވިޝީލްޑް

Covid Vaccine

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ޖެހުން ހުއްޓާލީ ވެކްސިން ސްޓޮކް މަދުވެ އިތުރު ސްޓޮކް ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ގޮސިޔާ

މާލޭގައި އާއްމުކޮށް ކޮވިޝީލްޑް ވެކްސިން ޖެހުން ވަގުތީގޮތުން ހުޓާލިކަން އެޗްޕީއޭއިން ހާމަކުރީ މިއަދުއެވެ. އަދި ވެކްސިން ޖަހަން އަލުން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެކަންވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް މި މުއްދަތުގައި އެމަޖެންސީކޮށް ވެކްސިން ޖަހަން ޖެހޭ ފަރާތްތަކާއި ބަލިހާލަތު ހުރި ގޮތުން ވެކްސިން ޖަހައިދޭން ޖެހޭ ފަރާތްތަކަށް ކޮވިޝީލްޑް ވެކްސިން ޖަހައިދެމުންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ވެކްސިން މެދުކަނޑާލުމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާއްމުކޮށް ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލީ ރާއްޖޭގައި ހުރި ވެކްސިން ސްޓޮކް މަދުކަމުން ކަމަށެވެ. އަދި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އަވައްޓެރި އިންޑިއާގައި ކޯވިޑް-19 ފެތުރޭލެއް ހަލުވި ކަމުން އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށްވެސް ވެކްސިން ހޯދުމުގައި ދަތިތަކައި ކުރިމަތިވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އާންމުކޮށް ވެކްސިން ދިނުން ހުއްޓާލީ ކޮވިޝީލްޑްގެ އިތުރު ޝިޕްމެންޓެއް ރާއްޖެއަށް ލިބެންދެން ކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޝީލްޑްގެ އިތުރު ޝިޕްމެންޓެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

2021 ފެބުރުއަރީ 1 ވަނަ ދުވަހު ފެށި "ކޮވިޑް-19 ދިފާޢު" ވެކްސިން ދިނުމުގެ ކެމްޕޭންގެ ދަށުން މިހާތަނަށް ރާއްޖެއިން ޖުމުލަ 639,297 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ. އަދި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައިވާ މީހުންގެ އަދަދު 494,108 އަށް އަރާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިއާއެކު، ރާއްޖޭގެ ވެކްސިން ޖެހުމަށް "އެލިޖިބަލް" އާބާދީގެ 69.67 %އަށް ފުރަތަމަ ޑޯޒް ޖަހައިދީފައިވާއިރު، ދެވަނަ ޑޯޒް މި ވަނީ "އެލިޖިބަލް" އާބާދީގެ 67.24 %އަށް ޖަހައިދެވިފައި ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ