logoEN
cocacola
ރާއްޖޭގައި ވެކްސިންގެ 2 ވަނަ ޑޯޒް ދޭން ފަށަނީ

ރާއްޖޭގައި ވެކްސިންގެ 2 ވަނަ ޑޯޒް ދޭން ފަށަނީ

ހުސެއިން

logo

3/31/2021, 11:38:28 AM

# ކޮވިޝީލްޑް

Covid Vaccine

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޝީލްޑު ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޝީލްޑް ވެކްސިން ދޭން ފެށީ ފެބުރުއަރީ ފުރަތަމަ ދުވަހު އެވެ. ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ނިންމާފައި އޮތީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

ރާއްޖޭގައި މިވަގުތު ދެމުން އަންނަނީ އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިނާއި ޗަައިނާ އިން އުފެއްދި ސިނޮފާމް ވެކްސިނެވެ. ސިނޯފާމް ވެކްސިނަކީވެސް ދެ ޑޯޒް ފުރިހަމަކުރަންޖެހޭ ވެކްސިނެކެވެ. މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ 4 ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ނަގަންވާނީ، ފުރަތަމަ ޑޯޒް ނެގި ބާވަތުންނެވެ. އެގޮތުން ރާއްޖޭގައި ދެވަނަ ޑޯޒްގެ ވެކްސިން ދޭން ފުރަތަމަ މި ފަށަނީ، ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ނަގާފައިވާ ފަރާތްތަކަށެވެ. ވެކްސިން ޖެހުމަށް އަންނައިރު، ވެކްސިންގެ ފުރަތަމަ ޑޯޒާއެކު ދީފައިވާ ވެކްސިން ކާޑު ގެންދަންވާނެއެވެ.

މީގެކުރިން ވަނީ ޚާއްސަ ޚާލަތްތަކާ ގުޅިގެން ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައެވެ.

މިހާތަނަށް ރާއްޖޭގެ އާބާދީގެ %47 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ