logoEN
cocacola
މެއިމަހު ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް ހުޅުވާލައިފި

މެއިމަހު ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް ހުޅުވާލައިފި

# ވެކްސިން# ކޮވިޝީލްޑް

ވެކްސިން|Vaccine

މެއިމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން ހުޅުވާލައިފިއެވެ.

ގޮސިޔާ

އެޗްޕީއޭއިން ވިދާޅުވީ، މިދިޔަ މެއިމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ދެވަނަ ޑޯޒް ޖެހުމަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެކަމަށެވެ.

2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެއީ ހެޔޮއެދޭ ފަރާތަކުން ހަދިޔާ ކުރެއްވި ކޮވިޝީލްޑް ޑިޕްމަންޓެއް ލިބުމުންނެވެ. މިފަހަރު ވެކްސިން ޖެހުމުގެ ކަންކަން އެޗް.ޕީ.އޭއިން ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން،ފުރަތަމަޑޯޒް ކުރިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ.

View post on Twitter

އެގޮތުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ފުރަތަމަ ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ އަދި މާރިޗުމަހުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު އޭޕްރީލް އަދި މެއިމަހުގެ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްވެސް މިހާރު ދެވަނަ ޑޯޒް ޖެހޭނެކަމަށެވެ.

އެގޮތުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mv އަށް ދިއުމަށްފަހު ވެކްސިންޖަހަން ބޭނުންވާ ފަރާތުގެ މަޢުލޫމާތު ފުރިހަމަކުރުމުން އެޕޮއިންޓްމަންޓެ ހެއްދޭނެއެވެ. އަދި އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އަމިއްލައަށް އިޚްތިޔާރުކުރެވޭނެ ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ހަމަޖެހިފައިވާ އެޕޮއިންޓްމަންޓް ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ވަނީ އެދިފައެވެ. އަދި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް ކެންސަލްވާނެކަމަށާއި، އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަދަންޖެހޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ވެކްސިން ޖަހަންދާއިރު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކާއި، ވެކްސިން ކާޑު ގެންދިޔުމަށް އެޗްޕީއޭއިން ވަނީ އެދިލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ