
thinadhoo Anhen Futsal
ތިނަދޫ ޔޫތް ފުޓްބޯލް ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ފުޓްސަލް މުބާރާތް މި މަހު 15 ގައި ފަށަން ތައްޔާރު ވެއްޖެއެވެ.

"ޑަބްލިއު.ޑީ.ސީ ގެ ހިޔަލަ ފުޓްސަލް މުބާރާތު ގެ ނަމުގައި ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރި ވަނީ ވެފައި އެވެ. އެގޮތުން މި މުބާރާތުގައި ވާދަ ކުރާ ފަސް ޓީމަކީ އައުޓް ލޯޒް ކުއީންސް އާއި އޮކްސް ވިމެންސް އާއި އާރ.އެފް.ސީ ވިމެންސް ގެ އިތުރުން އޭ.އެމް.އީ.އެސް އެފްސީ އަދި ޓީމް އޭ.ބީ.ވައި.ޓީ އެވެ.
ތިނަދޫގެ އާރު އަވަށުގެ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފާއިވާ މި މުބާރާތުގެ މެއިން ސްޕޮންސާރ އަކީ ގދ.ތިނަދޫ ގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެވެ.
ތިނަދޫއަކީ އަބަދުވެސް ކުޅިވަރަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށަކަށް ވެފައި ދުވަސް ތަކަކަށް ފަހު އަންހެނުންގެ މުބާރާތެއް ބާއްވާތީ ރަށު ގިނަ ބަޔެއްގެ ތަރުހީބު މި ކަމަށް ލިބޭކަމަށް "ގާފު" އަށް މައުލޫމާތު ދެއްވަމުން ޓީ.ވައި.އެފް.ސީ ގެ އޮފިޝަލަކު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ތިނަދޫ ސްޓޭޑިއަމް ގެ ފުރިހަމަ އެއްބާރުލުމާއި އެކީ ކުރިއަށްދާ މި މުބާރާތަށް ވިޔަފާރިތަކުން ވެސް ދަނީ އެއްބާރުލުން ދެމުންނެވެ.
މި މުބާރާތުގެ ކޯސްޕޮންސަރުންނަނާއި ޕާރޓްނަރުންނަކީ :
ކޯ-ސްޕޮންސާ : އެފް.އެސް.އެމް އާއި ޕްރިންޓެކް
ޕްރިންޓިންގް ޕާރޓްނަރ : ނޯވާޓެކް
ޑިޒައިނިންގް ޕާރޓްނާރ : ބްލެކް
ބެވަރޭޖް ޕާރޓްނާރ : ޒިމަރމަން ރެސްޓޯރެންޓް
ފޮޓޯގްރަފީ ޕާރޓްނާރ : ފޮޓޯ މޯލްޑިވްސް
މީޑިއާ ޕާރޓްނާރ : ހުވަދޫ ނިއުސް
ގުޅުންހުރި

ޕެރަލިމްޕިކް ގޭމްސްގައި ވާދަކުރާ ޓީމުގެ ޖާޒީ ހަވާލުކޮށްފި

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސެލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި މަހު 31 ގެ ނިޔަލަށް

ސްޕޯޓްސް ކޮމްޕްލެކްސް ތަކާއިއެކު އިންޑޯ ކުޅިވަރުތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެ
