logoEN
Sto top
ސްޕޯޓްސް ކޮމްޕްލެކްސް ތަކާއިއެކު އިންޑޯ ކުޅިވަރުތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެ

ސްޕޯޓްސް ކޮމްޕްލެކްސް ތަކާއިއެކު އިންޑޯ ކުޅިވަރުތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެ

އަލްފާ އަލީ

logo

6/13/2024, 8:39:58 AM

# ކުޅިވަރު

-

ގްރޭޓާ މާލޭ ސަރަހައްދުގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރަން ނިންމާފައިވާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއިއެކު، ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

Wamco

މިދިޔަ ބުދަ ދުވަހު ނިމުނު ގައުމީ ޗެސް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ގިނަ ކުޅިވަރުތަކުގެ ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމަށާއި، މިކަމަށް ހައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ.

މިނިސްޓަރ ރާފިޢު ވިދާޅުވީ ޗެސްގެ ކުރިއެރުން މިއަހަރުގެ ގައުމީ މުބާރާތުން އެކަނިވެސް ފެންނަކަމަށާއި، މި ކުޅިވަރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެކަށީގެންވާ ޖާގައިގެ ހޯލެއް ނެތުންކަން އެނގިލައްވާކަމަށެވެ. ހުޅުމާލޭގައި އަޅަން ނިންމާފައިވާ ދެ ސްޕޯޓްސް ކޮމްޕްލެކްސް އާއިއެކު ޗެސްކަހަލަ އިންޑޯ ކުޅިވަރުތަކަށް ދިމާވެފައިވާ ޖާގަައިގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެކަމަށެވެ.

undefined

އެސޯސިއޭޝަންތަކުގެ ޖާގައިގެ ދަތިކަން އެބަހުރި، އެކަމަށްޓަކައި އެކަމުގެ ހައްލެއް ވެސް މި ކަމުގައި ލިބިގެންދާނެ އަދި އިންޑޯ ކުޅިވަރު ކުޅެވޭ ތަންތަން ވެސް އިތުރު ވެގެންދާނެ. ޖާގައިގެ ދަތިކަމަށް ހައްލެއް މި ކަމުގެ ސަބަބުން، ޗެސް އަށް ވެސް އަންނާނެ ކަމަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދުކުރަން - މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މީގެ އިތުރުން އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ތަމްރީން ދަތުރުތައް ހޯދައިދީ ބައިނަލްއަގްވާމީ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތުވެސް ޗެސް ކުޅުންތެރިންނަށް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside