logoEN
Sto top
ދުންފަތާ ދެކޮޅަށް ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުން ފަށައިފި

ދުންފަތާ ދެކޮޅަށް ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުން ފަށައިފި

# ހެލްތު މިނިސްޓްރީ# ކުޅިވަރު# ޓޮބޭކޯ

-

ދުންފަތާ ދެކޮޅަށް ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުން ފަށައިފި އެވެ.

Wamco

މިއީ ނޮވެމްބަރު 1ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާ "ޖެނެރޭޝަން ބޭން" އާއި ގުޅުވައި އެކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

"ނެޝެނަލް ޓޯޗް ރަން" ނަމުގައި ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުން މިއަދު ހަވީރު ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ އަބްދުالله ނާޒިމް އިބްރާހިމް އެވެ. އެކުވެނި ޓްރެކުގައި ހުކުރުދުވަހު ހަވީރު 4 އިން ފެށިގެން ހޮނިހިރު ދުވަހު ހަވީރު 4 ޖެހުމާހަމައަށް ކުރިއަށްގެންދާ މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

undefined

މި ހަރަކާތް ފެއްޓެވުމުގެ ގޮތުން ވަޒީރު ނާޒިމާއި ޓޯޗް ހަވާލުކޮށްދެއްވީ ޒުވާން ދެ އެތްލީޓުން ކަަމަށްވާ ޓޭބަލް ޓެނިސްގެ ތަރި ފާތިމަތު ދީމާ އަލީ އާއި ގައުމީ އެތްލީޓް އަހުނަފް ރައްޔާން ފަހުމީއެވެ.. މި ހަރަކާތް ކުރިއަށްގެންދަނީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.

undefined

"ނެޝެނަލް ޓޯޗް ރަން"ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކާ މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ޚާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.

undefined

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. އެއާ އެކު، ކޮންމެ އުމުރެއްގެ މީހަކަށް ވިއަސް އެ ފަދަ ބާވަތެއް ދެން ވިއްކޭނީ އުމުރު ކަށަވަރު ކުރުމަށް ފަހުގަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC