
ވެކްސިންގެ ދެ ޑޯޒް ހަމަކުރިއަސް ކަރަންޓީން ވާން ޖެހޭ ގޮތަށް ނިންމަނީ
# ކޮވިޑް19# ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުCovid Vaccine
ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތައްވެސް ކަރަންޓީން ވާން ޖެހޭ ގޮތަށް ނިންމައިފިއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހިމެނޭ ގޮތަށް ޓެގް ޓީމުން މިއަދު ބޭއްވި ބައްދަލުވުމުގައި މާލެ ސަރަހައްދުގައި ކޮވިޑް ނުރައްކާ މިންވަރަކަށް ފެތުރެމުންދާތީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅުތައް ހަރުކަށި ކުރުމަށް ނިންމުންތަކެއް ނިންމާފައި ވެއެވެ. އެ ނިންމުންތަކުގެ ތެރޭގައި ވެކްސިޑް ދެ ޑޯޒް ހަމަކުރިޔަސް ކަރަންޓީނުވާން މަޖުބޫރު ކުރުންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ނިންމުންތަކުގައި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށާއި، ސިނާއީ މަސައްކަތް ކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގަން ނިންމާފައި ވެއެވެ. އޭގައި ވާގޮތުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހުގެ ކަރަންޓީނަކާއެކު މާލެ އިން ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލަން އެ ނިންމުންތަކުގައި ވެއެވެ. މިފިޔަވަޅުތައް ރަސްމީކޮށް މިރޭ އިއުލާން ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ގުޅުންހުރި

މާފަރު ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވައިފި

ކޫއްޑޫ-ވިލިނގިލި ބްރިޖް އެޅުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު - ރައީސް

ވެރިކަން ލިބުމަށްފަހު ތިން އަހަރުތެރޭ މަގުމަތިވާންޖެހުނު ގޮތް ހަނދާނެއް ނުނެތޭނެ - ރައީސް
