logoEN
Sto top
ބޮޑު އާބާދީއަކަށް ޕެންޝަން ނުލިބޭ ގޮތަށް ހުށަހެޅި ބިލް އަނބުރާ ގެންގޮސްފި

ބޮޑު އާބާދީއަކަށް ޕެންޝަން ނުލިބޭ ގޮތަށް ހުށަހެޅި ބިލް އަނބުރާ ގެންގޮސްފި

# ރައްޔިތުންގެ މަޖިލިސް# ޕެންޝަން# ޕެންޝަނާ ބެހޭ ޤާނޫނު

Majilis

ޕެންޝަންގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އެ ބިލް އަނބުރާ ގެންގޮސްފި އެވެ.

Wamco

ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން އެވެ.

ސަރުކާރުން ހުށަހެޅި ބިލްގައި ބުނެފައިވަނީ އެ ބިލް ގާނޫނަަކަށް ވުމުން ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނު ފިޔަވައި އެހެން ގާނޫނެއްގެ ދަށުން ދައުލަތުގެ އިދާރާތަކުން ނުވަތަ މުއައްސަސާތަކުން ދެމުން ދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަނަށް ނިމުން އަންނާނެ ކަމަށެވެ.

އެ ބިލުގެ ދަށުން ދައުލަތުގެ އެހެނިހެން ޕެންޝަނުގެ ގޮތުގައި ބަލާނީ ރިޓަޔާކުރުމުގެ ގާނޫނާ ގުޅިގެން އެ ގާނޫނުން ނުވަތަ އެހެން ގާނޫނެއް ނުވަަތަ ގަވައިދެއްގެ ދަށުން ހިދުމަތުގެ މުއްދަތަށް ބިނާކޮށް ނުވަތަ އެނޫންވެސް ގޮތަކުން ވަޒީފާއަކުން ވަކިވުމުން ދައުލަތުގެ ބަޖެޓުން ދެވޭ އެންމެހާ ޕެންޝަން އަދި އިނާޔަތްތަކެވެ. އެއާއެކު 20 އަހަރު ނުވަތަ 40 އަހަރުގެ މުއްދަތަށް ހިދުމަތް ކުރުމުން މިހާރު ލިބޭ ޕެންޝަނަށް ނިމުން އަންނާނެ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރުމުގެ ކުރިން ރިޓަޔާ ކޮށްފައިވާ ފަރާތްތަކަށް ކުރިން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ލިބެމުން ދިޔަ އެހެނިހެން ޕެންޝަން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ޕެންޝަން އޮފީހުން ފޯރުކޯށްދޭން ޖެހޭނެ އެވެ.

އެހެނިހެން ޕެންޝަންތައް ހުއްޓާލަން ނިންމި ނަމަވެސް އަސާސީ ޕެންޝަން ކުރިއެކޭ އެއްގޮތަށް ދެމުން ގެންދާނެ އެވެ. އެކަމަކު އުމުރުން ދުވަސްވީ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މީހަކު އެ މަގާމުގައި ދެމި ހުންނަ މުއްދަތަކަށް އަސާސީ ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށްވެސް އިސްލާހު ވަނީ ހުށަހަޅާފަ އެވެ. ހަމަ އެގޮތަށް ދައުލަތުގެ ވަޒީފާއިން ރިޓަޔާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ އެހެނިހެން ޕެންޝަން ލިބެމުންދާ މީހަކު ދައުލަތުގެ މަގާމަކަށް އިންތިހާބު ވެއްޖެނަމަ ނުވަތަ ދައުލަތުގެ ވަޒީފާއަކަށް އައްޔަނުކޮށްފިނަމަ އެ މަގާމުގެ ނުވަތަ ވަޒީފާގެ މުއްދަތު ނިމުމަކަށް އަންނަން ދެން އެމީހަކަަށް ލިބެމުންދިޔަ ދައުލަތުގެ އެހެނިހެން ޕެންޝަން ލިބުން މެދުކެނޑިގެންދާ ގޮތަށްވެސް ވަނީ ހުށަހަޅާފަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside