
-
ގދ ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސަަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އާރްޑީސީއާއިއެވެ.
އެގޮތުން އާރްޑީސީން މިއަދު ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގދ.ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ގދ ވާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ 3 ކިލޯ މީޓަރު މަގުގައި ތާރުއެޅުމާއި، ތަރައްޤީ ކުރާ މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް މަގުބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ.
މިމަޝްރޫއުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކުރީ ކުރީ ސަރުކާރުން 99.4 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ގުޅުންހުރި

ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ގދ. ވާދޫގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދިވެއްސަކު، ކޯޓުން ދޫކޮށްލައިފި

ކުށުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގދ. ވާދޫގައި ކުރިއަށް ގެންގޮސްފި

.gif&w=3840&q=75)



