
20200516_221549
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސައްކަތް ކުރާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރު އޮފިސަރުންތަކެއް ކޮވިޑް-19 އަށް ފައްސިވެ، ޖަލު ތެރޭގައި ބަލި ފެތުރެން ފަށައިފިއެވެ.

އެ ރަށުން މި ފަހުން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ފައްސިވެފައި ވަނީ ވެސް އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. އެމީހާ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ މިދިޔަ ހޯމަ ދުވަހު މާލެ ގޮސް ޓެސްޓް ހެދުމުންނެވެ.
ޖަލު އޮފިސަރު ކޮވިޑް-19 އަށް ފައްސިވެގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމުން އޭނާއާ އިތުރު ބަޔަކު ބައްދަލުވެފައި ހުރި ކަން ފާހަގަ ކުރެވުނެވެ. އެގޮތުން ފައްސިވި މީހާއާ ބައްދަލުވި މީހުންގެ ތެރެއިން މިހާތަނަށް އަށް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
އެ ރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރުން ހިމެނެއެވެ. އެ ތަނުން ދެ އޮފިސަރުން ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ މިއަދުގެ ވަގުތެއްގައެވެ.








