
އަންނަ އަހަރަށް ދަރިވަރުންގެ ފޮތްތައް ޗާޕުކުރާނެ ފަރާތެއް ހޯދަނީ
# ދިރާސީ އައު އަހަރު# ފިނޭންންސް މިނިސްޓްރީSchool-thah-hulhuvun-mask-dharivarun-ސްކޫލް-ތައް-ހުޅުވުން-މާސްކް-ކޮވިޑް-ދަރިވަރުން-13-1-1536x1025
މި އަހަރުގެ އޯގަސްޓު މަހު ދިރާސީ އާ އަހަރު ފަށާއިރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނެއް ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓު ކޮށްފައިވާ އެ އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓެެޓިވް ބިޑިން އުސޫލުން ކަމަށެވެ. އެގޮތުން ބިޑުގައި ބައިވެރިވެވޭނީ ރިފަންޑު ނުލިބޭނެ ފީއެއްގެ ގޮތުގައި 500 ރުފިޔާ ދައްކައިގެންނެވެ. އަދި އެ ފައިސާ ބަލައިގަތުން ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭ މެދުވެރިކޮށް އަންނަ މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި ބީލަމުގައި ބިޑް ސެކިއުރިޓީއަށް 60،000ރ. ދައްކަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބީލަންތައް ހުޅުވާނީ މެއި މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
ދިރާސީ އާ އަހަރުގެ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިއަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ. އެޑިޔުކޭޝަނުން މިހާރު އާންމު ކޮށްފައިވާ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގެ މެދުން މިޑްޓާމް ބްރޭކް ލިބޭނީ އޮކްޓޫބަރު 17 ވަނަ ދުވަހުން ފެށިގެން ހަފުތާ އަކަށެވެ. ޑިސެމްބަރު 23 ވަނަ ދުވަހު ފުރަތަމަ ޓާމް ނިމޭއިރު ދެވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައި ވަނީ ޖެނުއަރީ 16، 2022 ގައެވެ.