logoEN
WAMCO TOP 1
ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާޙުކޮށްފި

ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާޙުކޮށްފި

# ހެލްތު މިނިސްޓްރީ# އަންހެނުން ބާރުވެރިކުރުވުން

ފޮޓޯ: މިނިސްޓްރީ

އަންހެނުންގެ ޚިޔާލާއި މަޝްވަރާ ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ނުވަތަ ކަންކަން ނިންމާ ފެންވަރުގައި ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" އިފްތިތާހުކޮށްފިއެވެ.

THE TRAVELLER AD

މިއީ އިޖްތިމާޢީ އަދާލަތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައިވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނާ، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގެގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ސިއްޙަތާއި، ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ނިޒާމެކެވެ.

މި މަންސައިގެ މައިގަނޑު މަޤްސަދަކީ ރަށު ފެންވަރުން ފެށިގެން އަންހެނުންގެ އަޑު، އަތޮޅު، ސަރަހައްދީ އަދި ޤައުމީ ސިޔާސަތުތައް ކަނޑައަޅާ މަސްރަހުތަކާ ގުޅުވައިދޭ، ބައިވެރިވުން ހިމެނޭ ހިންގުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ ބޭނުމަކީ ރާއްޖޭގައި ނިންމާ ނިންމުންތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮތް އަދި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ނިންމުންތަކަކަށް ހެދުމެވެ. ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ މަންސަ މެދުވެރިކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން ގުޅުވައިދޭ ނިޒާމެއްގެ ގޮތުގައި "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަތޮޅު/ސިޓީ މަންސަ" ތައް ޤާއިމުކުރެވޭނެއެވެ.

އަދި އަތޮޅު ފެންވަރުގެ މަންދޫބުން ހިމެނޭހެން، ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި އެކު "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ ޤައުމީ މަންސަ" އެއްވެސް އެކުލަވާލެވިގެންދާނެއެވެ. ޤައުމީ މަންސައިގެ މައިގަނޑު ބޭނުމަކީ އަތޮޅު އަދި ސިޓީ ފެންވަރުގައި ފާހަގަކުރާ ކަންކަން "އަހަރީ އަންހެނުންގެ ސިޔާސަތުގެ އެޖެންޑާ" އަކަށް ބަދަލުކޮށް، ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުން އަންހެނުން ފާހަގަކުރާ ކަންކަމަށް ބޭނުންވާ ޙައްލުތައް ޤައުމީ ސިޔާސަތުތަކާއި، ތަރައްޤީގެ ޕްލޭންތަކުން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމެވެ.

ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބައިވެރިކޮށްގެން އޮންލައިންކޮށް ކުރިއަށްގެންދެވުނު މި ބައްދަލުވުމުގައި 'އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ' ތަޢާރަފުކޮށް، އަތޮޅު އަދި ސިޓީ މަންސަތަކުގެ ބައިވެރިންނަށް މިންތީގެ މަފްހޫމްތަކާއި، ޤާނޫނުތަކާއި، ޤައުމީ ފެންވަރުގައި އަންހެނުންގެ ހާލަތާ ގުޅުންހުރި ބައެއް ކަންކަމަށް އަހުލުވެރިކުރުމަށް ސެޝަންތަކެއްވަނީ ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް
ފަހުގެ
HDC