logoEN
WAMCO TOP 1
އެމްއެމްއޭގެ ނިންމުމާއެކު ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފި

އެމްއެމްއޭގެ ނިންމުމާއެކު ބީއެމްއެލްއިން ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފި

އަހުމަދު ޝުރާއު

logo

8/12/2026, 4:38:59 PM

# ބޭންކް އޮފް މޯލްޑިވްސް

-

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސްއިން ޓެލެގްރެފިކް ޓްރާންސްފަރ ނުވަތަ ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ނިންމައިފިއެވެ.

THE TRAVELLER AD

ބީއެމްއެލްއިން މިގޮތަށް ނިންމާފައިވަނީ އެ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކުގެ އަދަދަށް ރިއާޔަތްކުރުމަށްފަހުގައެވެ.

މި ބަދަލާއެކު، ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތުގައި ވިޔަފާރިތަކަށާއި އާންމުންނަށް ޓީޓީ މެދުވެރިކޮށް ފައިސާ ފޮނުވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް އެކަނިވެސް އެ ބޭންކުން ވަނީ 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް ބަލާނަމަ 27 މިލިއަން ޑޮލަރެވެ.

މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ބާރަ މިލިއަން ޑޮލަރު އިތުރު އަދަދެއްކަންވެސް ބޭންކުން ފާހަގަކުރެއެވެ.

މީގެ އިތުރުން ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް ޖުމްލަ 570 މިލިއަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރުގެ ބޮޑު އަދަދެކެވެ.

މި ފުރުސަތުގައި ބީއެމްއެލްއިން ވަނީ އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު އަބަދުވެސް ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމަރުންނަށް އަރުވާފައެވެ. ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށްގެން އެކަން ކުރިއަށް ގެންދިއުން ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC