logoEN
WAMCO TOP 1
ބޭންކިންގ ޚިދުމަތްތަކަށް އެހީތެރިވާން ބީއެމްއެލްގެ ޓީމު މާދަމާ މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި!

ބޭންކިންގ ޚިދުމަތްތަކަށް އެހީތެރިވާން ބީއެމްއެލްގެ ޓީމު މާދަމާ މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި!

އަހުމަދު ޝުރާއު

logo

7/20/2026, 4:27:44 PM

# ބޭންކް އޮފް މޯލްޑިވްސް

-

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތަކާ ގުޅޭގޮތުން އާންމުންނަށް މަޢުލޫމާތު ދިނުމަށާއި، ބޭންކުގެ ޓީމާ ބައްދަލުކޮށް އެހީތެރިކަން ހޯދުމުގެ ފުރުސަތު ދިނުމަށް ބާއްވާ ކަސްޓަމަރ އެންގޭޖްމަންޓް ދެ ސެޝަނެއް މާދަމާ ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.

THE TRAVELLER AD

މި ހަރަކާތުގެ ފުރަތަމަ ސެޝަން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް މާލޭގެ "ނޮވެލް ގްރިލް އެންޑް ރެސްޓޯރެންޓް" ގައެވެ.

އަދި ދެވަނަ ސެޝަން ކުރިއަށްދާނީ މާދަމާ މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް ހުޅުމާލޭގެ "ކުއީންސް ގާޑަން" ގައެވެ.

"ވީ އާރ ޖަސްޓް އަރައުންޑް ދަ ކޯނަރ" ގެ ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތުގައި، ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން ކަސްޓަމަރުންގެ ހުރި ސުވާލުތަކަށް ޖަވާބުދިނުމަށާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ޓީމުން އެ ތަންތަނުގައި ހަރަކާތްތެރިވާނެއެވެ.

View post on Twitter

އެ ބޭންކުން ވަނީ ކަސްޓަމަރުން މި ސެޝަންތަކަށް ޒިޔާރަތްކޮށް، ބޭންކުގެ ޓީމާ މަޝްވަރާކުރުމަށް ދައުވަތު އަރުވާފައެވެ.

މި އިސްނެގުމަކީ ކަސްޓަމަރުންނާ ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ. ބީއެމްއެލްއިން ދާދިފަހުން ވަނީ މުޅި ރާއްޖޭގައި އެ ބޭންކުގެ ބޭންކިންގ ވިއުގަ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާ މާލީ ޚިދުމަތްތައް ވީހާވެސް ގާތަށް ގެންގޮސްދިނުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC