
ބީއެމްއެލްގެ ކޯ ބޭންކިންގް ނިޒާމު ފިނަސްޓްރާގެ އެހީގެ ޒަމާނީ ކުރަނީ
# ބޭންކް އޮފް މޯލްޑިވްސް# ފިނަސްޓްރާ އެސެންސްބީއެމްއެލްގެ ކޯ ބޭންކިންގް ނިޒާމު ފިނަސްޓްރާގެ އެހީގެ ޒަމާނީ ކުރުމަށް، 'ފިނަސްޓްރާ އެސެންސް" ޕްލެޓްފޯމް ހޮވަަައިފި- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޯ ބޭންކިންގް ނިޒާމު ޒަމާނީ ކުރުމަށާއި، ބޭންކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި 'ފިނަސްޓްރާ އެސެންސް" ޕްލެޓްފޯމް ހޮވައިފި އެވެ.

މި ޕްލެޓްފޯމް ހޮވާފައިވަނީ މާލީ ދާއިރާގެ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ފިނަސްޓްރާ އިންނެވެ.
ފިނަސްޓްރާއިން މިއަދު ކުރި އިއުލާނުްގައިވާ ގޮތުން، ބީއެމްއެލްގެ ކޯބޭންކިން ނިޒާމު
ފިނަސްޓްރާއިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން މި އެއްބަސްވުމުގެ ސަބަބުން އާ އިޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް ހަރުދަނާވެގެންދާނެ އެވެ. އަދި އިސްލާމިކް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތްތައް ލިބިގެންދިއުމުގެ މަގުވެސް ތަނަސްވަސްވެގެންދާނެ އެވެ.
ބޭންކުން ބުނީ ފިނަސްޓްރާ އެސެންސް ގާއިމްކުރުމުން ބީއެމްއެލްއަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ފިނަސްޓްރާ އެސެންސް ގާއިމުކުރުމުން ބީއެމްއެލްއަށް ލިބޭ މުހިންމު ކުރިއެރުންތައް:
- އާ އުފެއްދުންތަކާއި ހިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން.
- އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއް ނެތި އަވަސް ހިދުމަތެއް ފޯރުކޮށްދިނުން.
- ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އީޖާދީ ޚިދުމަތްތައް ދިނުމަށް ރިލޭޝަންޝިޕް މެނޭޖަރުންނަށް މަގުފަހިވުން.
- ބޭންކުން ފޯރުކޮށްދެމުންދާ ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިންގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް، މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިއުން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އަމާޒަކީ މެދުނުކެނޑި އާ އީޖާދުތައް ތައާރަފްކުރުން ކަމަށެވެ. އަދި ހިދުމަތްދޭ ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާ އާއި ކުރިއެރުން ހޯދައިދިނުން ކަމަށްވެސް ސީއީއޯ ފާހަގަކުރި އެވެ.
"ފިނަސްޓްރާ އެސެންސްއާއެކު އަޅުގަނޑުމެން މި ފެށި މަސައްކަތަކީ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މީގެ ސަބަބުން، ހަލުވިކަމާއެކު އާ އީޖާދުތައް ތައާރަފުކުރުމަށާއި، މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ އަދި ވަރުގަދަ ބިންގަލެއް އެޅިގެންދާނެ" މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ ބީއެމްއެލްއަކީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށެވެ. އަދި ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބީއެމްއެލް އިން ފިނާސްޓްރާ އެސެންސް އިޚްތިޔާރު ކުރުމުން ހާމަވަނީ، އަޅުގަނޑުމެންގެ ކޯ ބޭންކިން ޕްލެޓްފޯމުގެ ވަރުގަދަކަމާއި ފަހެލިކަން. އަދި މާލީ އިދާރާތަކުން ހަރުދަނާކަމާއެކު ހަލުވި ދުވެލީގައި އައު އީޖާދުތައް ތައާރަފުކުރުމަށް އަޅުގަނޑުމެންނަށް ދެވޭ އެހީތެރިކަން. ބޭންކުގެ އުންމީދީ ކުރިއެރުމާއި ބަދަލުތައް ހާސިލުކުރުމުގައި އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޝަވާން ބައިރަން ވިދާޅުވި އެވެ.
ބީއެމްއުލް އިން ބުނީ ބޭންކުން ފިނަސްޓްރާ އެސެންސް އިހުތިޔާރުކުރީ ޕްލެޓްފޯމުގައި ހިމެނޭ ފުރިހަމަ ހިދުމަތްތަކާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއި، ޕްލެޓްފޯމުގެ ފްލެކްސިބިލިޓީގެ ސަބަބުން ކަމަށެވެ. އަދި ފިނަސްޓްރާގެ މަސައްކަތްތަކުގެ ފެންވަރާއި، ބާޒާރުގައި އެ ކުންފުންޏަށް އޮތް އިތުބާރާއި، މި ޕްރޮޖެކްޓް ވަޒަންކުރުމުގެ މަރުހަލާގައި އެ ކުންފުނިން ދެއްކި ޕާފޯމަންސަށް ބަލާފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ގުޅުންހުރި

ބީއެމްއެލްގެ ކޯ ބޭންކިންގް ނިޒާމު ފިނަސްޓްރާގެ އެހީގެ ޒަމާނީ ކުރަނީ

ބޭންކިންގ ޚިދުމަތްތަކަށް އެހީތެރިވާން ބީއެމްއެލްގެ ޓީމު މާދަމާ މާލެއާއި ހުޅުމާލޭގެ ދެ ސަރަހައްދެއްގައި!

ކިޔެވުމަށް ދޫކުރާ ޑޮލަރު ލޯން ސްކީމް ބީއެމްއެލްއިން ތައާރަފުކޮށްފި




