
ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފި
# ޒުވާނުން# ޤައުމީ ޒުވާނުންގެ ދުވަސް# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަނީ
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިސްނަގައިގެން ގިނަ ޕާޓްނަރުންތަކަކާއެކު ކުރިއަށްގެންދާ، ޒުވާނުންގެ ދުވަހުގެ ހާއްސަ ހަރަކަތާތްތައް އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 14 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. ކޮންމެ ދުވަހަކު ހަވީރު 4:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ދެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.
ކޮމިއުނިޓީ ހޭންގްއައުޓެއްގެ ގޮތުގައި ފަރުމާކޮށްފައިވާ މި އިވެންޓުގައި ލޯކަލް ފުޑް ސްޓޯލްތަކާއި، މަޖާ ގޭމްތަކާއި، ލައިވް ކްރިއޭޓިވް ޕާފޯމަންސްތަކާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
ޒުވާނުން ޤައުމީ ސަޕޯޓް ނެޓްވޯކްތަކާ ގުޅުވާލުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން ޚާއްޞަ އިންފޮމޭޝަން ބޫތެއް އެތަނުގައި ހުންނާނެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކުރިއަށް އޮތް ގައުމީ ޒުވާނުންގެ ޕްރޮގްރާމްތަކާއި، ގްރާންޓްތަކާއި، ފިޓްނަސް އިނީޝިއޭޓިވްތަކާ ބެހޭ މައުލޫމާތު ހޯދޭނެ އެވެ.
މި އިވެންޓަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި އެޗްޑީސީ، ބޭންކް އޮފް މޯލްޑިވްސް، އެސްއެމްއީ، ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)، އުރީދޫ، ދިރާގު ގޭމަރސް ގިލްޑް، ސްޓެލްކޯ، ވެމްކޯ، ހުޅުމާލެ ހޮސްޕިޓަލް، އެކޯ އިވެންޓްސް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި އެޑްވެންޗަރ އަޕް އެމްވީއިން ގުޅިގެން ކުރިއަށްގެންދާ ހަރަކާތަކެވެ.
މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭ ސެންޓްރަލް ޕާކަށް ޒިޔާރަތް ކުރުމަށް ހުރިހާ ޒުވާނުންނަށާއި، އާއިލާތަކަށާއި، އުފެއްދުންތެރިންނަށް މިނިސްޓްރީން ދައުވަތު އަރުވައެވެ.
ގުޅުންހުރި

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާމެންދޫ ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޒުވާނުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ބާރު - އެމީހުންގެ ލަނޑުދަނޑިތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެއް: ރައީސް




