logoEN
WAMCO TOP 1
މަސްތުވާތަކެތީގެ މައްސަަލައެއްގައި ހުޅުމާލެ ފޭސް 2އިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަަލައެއްގައި ހުޅުމާލެ ފޭސް 2އިން މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

8/11/2026, 12:16:28 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މަސްތުވާތަކެތީގެ މައްސަަލައެއްގައި ހުޅުމާލެ ފޭސް 2އިން މީހަކު ހައްޔަރުކޮށްފިއެވެ.

THE TRAVELLER AD

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ރަނަކުރި / ދ. ކުޑަހުވަދޫ، މިފްޒާލު މުޙައްމަދު (23އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 އަމާން ދޯދި ފުލެޓް ސަރަހައްދުގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC