logoEN
WAMCO TOP 1
އެފްބީއައި ނޭޝަނަލް އެކަޑަމީގެ 299 ވަނަ ސެޝަންގައި ދިވެހި ފުލުހަކު!

އެފްބީއައި ނޭޝަނަލް އެކަޑަމީގެ 299 ވަނަ ސެޝަންގައި ދިވެހި ފުލުހަކު!

އަހުމަދު ޝުރާއު

logo

8/11/2026, 10:43:10 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ 299 ވަނަ ސެޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގަންނަވަމުން އެބަގެންދަވައެވެ.

THE TRAVELLER AD

2026 ޖުލައި 10 އިން ސެޕްޓެމްބަރު 17 އަށް އެމެރިކާގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްސީލުކުރައްވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއުއެވެ.

10 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމަކީ އެމެރިކާއާއި ބައިނަލްއަގުވާމީ ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އޮފިސަރުންގެ ފެންވަރު މަތިކޮށް، ތަހުގީގީ އަދި ހިންގުމުގެ ދާއިރާއިން އިތުރު ގާބިލުކަން ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯހުގެ ތެރެއިން ގާނޫނީ ދާއިރާއާއި، ސައިކޮލޮޖީ އަދި ބިހޭވިއަރަލް ސައިންސް، ފޮރެންސިކް ސައިންސް، ލީޑަރޝިޕް ޑިވެލޮޕްމަންޓް އަދި ދުޅަހެޔޮ ސިއްހަތާ ގުޅޭ ތަފާތު މާއްދާތައް އުނގަންނައިދެވޭނެއެވެ.

މިފަދަ ބައިނަލްއަގުވާމީ މަތީ ފެންވަރުގެ ތަމްރީނުތަކުގައި ބައިވެރިވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކޮށް، ގާނޫނު ތަންފީޒުކުރުމުގެ މިންގަނޑުތައް ބައިނަލްއަގުވާމީ ފެންވަރަށް މަތިކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.

ކޮމެންޓް
ފަހުގެ
HDC