logoEN
WAMCO TOP 1
އަހަރުގެ މިހާތަނަށް މަތުވާތަކެތީގެ މައްސަލަތަކުގައި 1،800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އަހަރުގެ މިހާތަނަށް މަތުވާތަކެތީގެ މައްސަލަތަކުގައި 1،800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

8/11/2026, 10:39:54 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންތަކުގައި ޖުމްލަ 1،875 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

THE TRAVELLER AD

ގްރޭޓަރ މާލެ ސަރަހައްދާއި ދެކުނާއި އުތުރުގެ ޕޮލިސް ރީޖަންތައް ހިމެނޭހެން ޖުމްލަ 1,141 އޮޕަރޭޝަނެއް ވަނީ މި މުއްދަތުގައި ހިންގާފައެވެ.

މިއީ އެވްރެޖްކޮށް ދުވާލަކު 5 އޮޕަރޭޝަނެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޝައްކުކުރެވިގެން 23,249 ފަހަރު މީހުން ބަލައި ފާސްކޮށް، 7,309 ފަހަރު އެކި ތަންތަން ފާސްކޮށްފައިވެއެވެ.

މި މުއްދަތުގައި މަސްތުވާތަކެތީގެ 1,533 މައްސަލައެއް ތަޙުޤީޤުކޮށްފައިވާއިރު، އޭގެ ތེރެއިން 634 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވި 116 ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާއިރު، 37 މީހަކު ފަރުވާއަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކާ ވަނީ ހަވާލުކޮށްފައެވެ. އަދި ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ 6 ތަނެއްވެސް ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC