logoEN
WAMCO TOP 1
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި: ކަނޑުތައްވެސް ގަދަވާނެ!

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި: ކަނޑުތައްވެސް ގަދަވާނެ!

އަހުމަދު ޝުރާއު

logo

8/11/2026, 12:08:28 PM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

THE TRAVELLER AD

ހުދު ސަމާލު ނެރެފިއިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށެވެ. މެޓް އޮފީހުން ބުނި ގޮތުގައި މި ސަމާލު ނެރެފައިވަނީ ރޭގެ 22:00 އިން ފެށިގެން މިއަދު ފަތިހު 04:00 އާ ހަމައަށެވެ.

މި ސަމާލުގެ މުއްދަތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުމުގެ އިތުރުން 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވެގެންދާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ލަފާކުރެއެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާން ފަށާފައިވާއިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމީ ސަމާލުތައް ނެރެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC