logoEN
WAMCO TOP 1
ރާއްޖޭގެ މާކެޓުގެ ރައްކާތެރިކަން ދަމަހައްޓައިގެން، އިންޑިއާއާއެކު ހަދާ އެފްޓީއޭ ކުރިއަށްދާނީ ހަމަހަމަ އުޞޫލަކުން - ސައީދު

ރާއްޖޭގެ މާކެޓުގެ ރައްކާތެރިކަން ދަމަހައްޓައިގެން، އިންޑިއާއާއެކު ހަދާ އެފްޓީއޭ ކުރިއަށްދާނީ ހަމަހަމަ އުޞޫލަކުން - ސައީދު

އަހުމަދު ޝުރާއު

logo

8/11/2026, 11:48:24 AM

# އެކޮނޮމިކް މިނިސްޓްރީ

-

ރާއްޖެއާއި އިންޑިއާއާ ދެމެދު ޤާއިމުކުރުމަށް މަސައްކަތްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ 'ޓާމްސް އޮފް ރިފަރެންސް' (ޓީއޯއާރް) ގައި މިއަހަރުގެ މާރިޗު މަހު ސޮއިކޮށްފައިވާއިރު، މިއަހަރު ނިމޭއިރު މި އެއްބަސްވުން ގާއިމްކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އިޤްތިޞާދީ ގުޅުންތައް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ދިވެހި ޒުވާނުންނަށް އިޤްތިޞާދީ ފުރިހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، ރާއްޖެ ޑިޖިޓަލް އިޤްތިޞާދެއްގެ ތެރެއަށް ވެއްދުމެވެ.

އެގޮތުން ދުނިޔޭގެ ނަންމަޝްހޫރު ޕްލެޓްފޯމްތަކުން މަސައްކަތް ފަށައި، 'އޮތެންޓިކް މޯލްޑިވްސް' މެދުވެރިކޮށް އަލީބާބާ ފަދަ ވަސީލަތްތަކުގައި 400 އަށްވުރެ ގިނަ ދިވެހި ވިޔަފާރިވެރިން މިހާރު ވަނީ ލިސްޓުކޮށްފައެވެ.

އިންޑިއާގެ ބޮޑު މާކެޓުން ސޮފްޓްވެއަރއާއި އެޕްލިކޭޝަން އުފައްދާ ދިވެހި ޒުވާނުންނަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މާކެޓުގެ ރައްކާތެރިކަން ދަމަހައްޓައިގެން ހަމަހަމަ އުޞޫލަކުން މި އެއްބަސްވުން ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ރިސޯޓުތައް ތަރައްޤީކުރުމުގެ 10 ބިލިޔަން ރުފިޔާގެ މަޝްރޫއުތައްވެސް މިހާރު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އިންޑިއާއާއެކު އެފްޓީއޭއަކަށް މަސައްކަތްކުރަމުންދާއިރު، ޗައިނާއާއެކު ހަދާފައިވާ އެފްޓީއޭއަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު އަމަލުކުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ. އަދި ތުރުކީއާއެކު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓަށްވެސް އޮގަސްޓް 1 އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.

ކޮމެންޓް
ފަހުގެ
HDC