.jpg&w=3840&q=75)
އިންޑިއާގެ "ފިކީ ފްރޭމްސް" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފިލްމީ އުފެއްދުންތެރިންނަށް ހުޅުވާލައިފި
# އެކޮނޮމިކް މިނިސްޓްރީ--
އިންޑިއާގެ މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ މުނިފޫހިފިލުވުމުގެ ސިނާއަތުގެ ބޮޑު މަޢުރަޒު، "26 ވަނަ ފިކީ ފްރޭމްސް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފިލްމީ އުފެއްދުންތެރިންނާއި ބްރޯޑްކާސްޓަރުންނަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ 29 އިން 30 އަށް މުމްބާއީގައި ބާއްވާ މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާކަން އިންޑިއާ ސަރުކާރުން އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. މި ފުރުސަތުގެ ދަށުން ރާއްޖޭގެ ފިލްމު އުފައްދާ ފަރާތްތަކަށާއި، މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ބްރޯޑްކާސްޓަރުންނަށް މި މަޢުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު ވަނީ އަރުވާފައެވެ.
މި މަޢުރަޒުގެ މައިގަނޑު މަޤްސަދަކީ މުނިފޫހިފިލުވުމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ފަންނުވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އިންވެސްޓަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖަންސް، ޑިޖިޓަލް މީޑިއާ، އަދި އޯޓީޓީ ޕްލެޓްފޯމް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައިގެން ސިނަމާ، ޓެލެވިޜަން، އެނިމޭޝަން، ވީއެފްއެކްސް އަދި ގޭމިންގ ފަދަ ދާއިރާތައް ދުނިޔޭގެ ބާޒާރަށް ފުޅާކުރުމަކީވެސް މި މައުރަޒުގެ މުހިންމު ބޭނުމެކެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޢުރަޒުގެ ސަބަބުން މި ދާއިރާގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ގްލޯބަލް ޕާޓްނަޝިޕްތައް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މިއީ ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނަށް ތަޢާރަފްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެ މިނިސްޓްރީން ދެކެއެވެ.
މި މަޢުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިކީ) ގެ އީމެއިލް އަށް ގުޅުއްވުމަށް މިނިސްޓްރީން އެދެއެވެ. އަދި ރަޖިސްޓްރީވުމަށްފަހު އެ މަޢުލޫމާތު މިނިސްޓްރީގެ އީމެއިލް އަށް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އިންޑިއާގެ "ފިކީ ފްރޭމްސް" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފިލްމީ އުފެއްދުންތެރިންނަށް ހުޅުވާލައިފި

އެއްގަމު ދަތުރުފަތުރުގެ ހުރިހާ ޚިދުމަތްތައް "ވަންގަވް" ޕްލެޓްފޯމަށް ބަދަލުކުރަނީ!

ރާއްޖެ-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް ފަށައިފި




