
ރާއްޖެ ޖޫނިއަރ ހޭންޑްބޯޅަ: ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މިއަދާއި މިރޭގެ މެޗުތައް ކެންސަލް
# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް# ރާއްޖެ ޖޫނިއަރ ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026ރާއްޖެ ޖޫނިއާ ހޭންޑްބޯޅަ ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށްދަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ރާއްޖެ ޖޫނިއާ ހޭންޑްބޯޅަ ޗެމްޕިއަންޝިޕް މާލޭ ޒޯނުގައި މިއަދާއި މިރޭ ކުޅުމަށް ތާވަލުކޮށްފައިވާ މެޗުތައް ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ގާފު ސްޕޯޓްސްއަށް މައުލޫމާތުދެއްވި ގޮތުގައި މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ، މުބާރާތުގެ މެޗުތައް ކުޅޭ ދަނޑުތަކުގައި ޖަހާފައިވާ ޓެންޓުތައް ވެސް ވަނީ ހަލާކުވެފައެވެ.
" މެޗުތައް ކުޅެވޭ ވަރަށް މޫސުމް ތަންނުދޭތީ މިއަދު ހަވީރާއި މިރޭ ކުޅުމަށް ތާވަލުކުރެވިފައިވާ ހުރިހާ މެޗެއް ކެންސަލްކުރަންޖެހުނީ، ނަމަވެސް މޫސުމް ތަންދޭނަމަ މާދަމާއިން ފެށިގެން ތާވަލާއި އެއްގޮތަށް މެޗުތައް ކުރިއަށް ދާނެ"..
މިމުބާރާތަކީ ކުރިން އިންޓަ ސްކޫލްގެ ނަމުގައި ބާއްވަމުން އައި މުބާރާތެވެ. އަދި ރާއްޖެ ޖޫނިއާގެ ނަމަށް ބަދަލުގެނެވި އެއްފަހަރާ ރާއްޖޭގެ ދެ ސަރަހައްދެއްގައި މުބާރާތުގެ މެޗުތައް މިހާރުވެސް ދަނީ ކުޅެވެމުންނެވެ. އެގޮތުން ސެންޓްރަލް ޒޯނުގެ މެޗުތައް 8 އޮގަސްޓް 2026 އިން 22 އޮގަސްޓް 2026 ގެ ނިޔަލަށް އއ. އުކުޅަހުގައި ކުރިއަށްދާއިރު، މާލޭ ޒޯންގެ މެޗުތައް ކުރިއަށްދަނީ ހުޅުމާލެ ފޭސް ދޭއްގެ 5 އަދި 6 ނަންބަރު ފުޓްސަލް ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގައި ޖުމަލް 67 ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ތިން ކެޓަގެރީއަކަށް ބަހާލައިގެންނެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ ގްރޭޑް 7 އަދި 8 ގެ ކުދިންނާއި ގުރޭޑް 9 އަދި 10 ގެ ކުދިންގެ އިތުރުން ހައިސްކޫލް ޚާއްސަ ކެޓަގެރީއެކެވެ.
ގުޅުންހުރި

ރާއްޖެ ޖޫނިއަރ ހޭންޑްބޯޅަ: ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މިއަދާއި މިރޭގެ މެޗުތައް ކެންސަލް

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް: ރާއްޖެއިން އިންޑިއާ ބަލިކޮށް މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި

ރާއްޖެ ސުޕަރ ލީގް ވޯލީބޯޅަ ޗެމްޕިއަންޝިޕް 2026 ވ. ފެލިދޫ އިން ކާމިޔާބުކޮށްފި




