
އެމްޑީޕީގެ ތުހުމަތު: ހިރިމަރަދޫ ފަޅުކޮށް ކައުންސިލް އުވާލީ ޕީއެންސީއަށް ސިޔާސީ ނާޖާއިޒު ފައިދާ ހޯދަން!
# އެމްޑީޕީ-
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށު ކައުންސިލް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުވާލާފައިވާ ކަމަށް ބުނެ އެމް.ޑީ.ޕީ ލާމަރުކަޒީ ކޮމިޓީގެ ފަރާތުން ޚާއްސަ ދިރާސާ ރިޕޯޓެއް އެކުލަވާލައިފިއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޤަރާރަކުން ހިރިމަރަދޫ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، ރަށު ކައުންސިލް އުވާލާފައިވަނީ ލާމަރުކަޒީ ޤާނޫނާއި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ރަށެއް ފަޅުކުރުމަށް އޮންނަ އިޖުރާތުތަކާ މުޅިން ޚިދުމަތަށެވެ.
މިކަމުގެ ސަބަބުން އެރަށުގައި ދިރިއުޅެމުންދިޔަ 305 ރައްޔިތުންނާއި، ސްކޫލްގެ ކުދިންނަށް ބޮޑެތި އިޖްތިމާޢީ، އިޤްތިޞާދީ އަދި ނަފްސާނީ ތަކުލީފުތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަން:
- ޤާނޫނީ އިޖުރާތްތަކާ ޚިދުމަތްވުން: ރަށެއް ފަޅުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޤާނޫނީ މިންގަނޑުތަކާއި ކައުންސިލް އުވާލުމުގެ އުސޫލުތަކާ ޚިދުމަތަށް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށް.
- ސިޔާސީ ނާޖާއިޒު މަންފާ: މި އަމަލުގެ ފަހަތުގައިވަނީ ޕީއެންސީއަށް ސިޔާސީ ނާޖާއިޒު ފައިދާއެއް ހޯދުމުގެ ނުރަނގަޅު ވިސްނުން ކަމަށް ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ.
- ވައުދުތައް ނުފުއްދުން: ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް 18 މަސްދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، މިހާރު 6 މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ހައުސިންގ ޔުނިޓުތަކުގެ އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
މައްސަލައަށް ގެނެވިދާނެ ހައްލުތައް:
- ރައީސް އޮފީހުގެ ޤަރާރަކީ އަދި ޢަމަލުކުރަން ފެށިފައިނުވާ ޤަރާރަކަށްވާތީ، ހިރިމަރަދޫ ފަޅުނުވާކަމަށް އިއުލާންކޮށް އެންމެހާ ކަންކަން އަނބުރާ ރުޖޫއަކުރުން.
- ޤާނޫނީގޮތުން ރަށް ފަޅުވެފައިނުވާތީ، އަލުން ރަށު ކައުންސިލް އިއާދަކޮށް އިންތިޚާބު ބޭއްވުން.
- ހަނިމާދޫއަށް ބަދަލުވާ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި، އާއިލާތަކަށް ފަސޭހައިން ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
މި މައްސަލައާ ގުޅިގެން ޤާނޫނާ ޚިދުމަތަށް ކޮށްފައިވާ ކަންކަން ބާތިލުކުރުމަށް ކޯޓަށް ހުށަހެޅުމާއި، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށް މި ރިޕޯޓުގައި ވަނީ ނިންމާފައެވެ.
ގުޅުންހުރި

އެމްޑީޕީގެ ތުހުމަތު: ހިރިމަރަދޫ ފަޅުކޮށް ކައުންސިލް އުވާލީ ޕީއެންސީއަށް ސިޔާސީ ނާޖާއިޒު ފައިދާ ހޯދަން!

މަޖީދީ މަގު ފިޔަވައި އެހެން ތަނެއްގައި "ދަތިވެއްޖެ" މުޒާހަރާ ބޭއްވުމުގެ ވިސްނުމެއް ނެތް - އެމްޑީޕީ

އެމްޑީޕީ ކޮންގްރެސް: އަސާސީ ޤަވައިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި




