logoEN
WAMCO TOP 1
މަޖީދީ މަގު ފިޔަވައި އެހެން ތަނެއްގައި "ދަތިވެއްޖެ" މުޒާހަރާ ބޭއްވުމުގެ ވިސްނުމެއް ނެތް - އެމްޑީޕީ

މަޖީދީ މަގު ފިޔަވައި އެހެން ތަނެއްގައި "ދަތިވެއްޖެ" މުޒާހަރާ ބޭއްވުމުގެ ވިސްނުމެއް ނެތް - އެމްޑީޕީ

އަހުމަދު ޝުރާއު

logo

8/9/2026, 11:46:22 AM

# އެމްޑީޕީ

-

އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ، މާލޭގެ އެންމެ ބާރުބޮޑު މަޖީދީ މަގުގައި ބޭއްވުމަށް ބޭނުންވާކަން އެ ޕާޓީން މިއަދު ފުލުހުންނަށް އަންގައިފިއެވެ.

THE TRAVELLER AD

ރާއްޖޭގައި ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ބުނެ އެކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން "ދަތިވެއްޖެ" ނަމުގައި އެމްޑީޕީން މުޒާހަރާއެއް ރާވާފައިވާއިރު، މިކަމާ ގުޅޭގޮތުން އެ ޕާޓީގެ އިސް ފަރާތްތަކުން މިއަދު ވަނީ ފުލުހުންނާ ބައްދަލުކޮށްފައެވެ.

ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ، މަޖީދީ މަގު ފިޔަވައި އިތުރު އެހެން މަގެއްގައި ނުވަތަ ސަރަހައްދެއްގައި މުޒާހަރާ ކުރުމުގެ އެއްވެސް ވިސްނުމެއް އެމްޑީޕީގައި ނެތް ކަމަށެވެ. އަދި އެމްޑީޕީން މިގޮތަށް ހުށަހެޅުމުން، އެކަމާ ގުޅޭގޮތުން ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް އަމީން ފައިސަލް ފާހަގަކުރެއްވިއެވެ.

އަމީން ފައިސަލް އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ ވާހަކައަކީ އިތުރު އެހެން މަގެއް ނެތޭ. އަޅުގަނޑުމެން ހަމަ ދާނީ މަޖީދީ މަގުންނޭ. އެއީ ގާނޫނުން އަޅުގަނޑުމެންނަށް ދީފައިވާ ހުއްދައިގެ ދަށުން އިންތިޒާމު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ. ސުލްހަވެރިކަމާއެކީގައި ޝުއޫރު ފާޅު ކުރުން އޮންނާނީ."

އެމްޑީޕީން ބުނާ ގޮތުގައި މަޖީދީ މަގުގައި މުޒާހަރާ ބާއްވަން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކަށް އެމީހުންގެ އަޑު އިއްވުމުގެ މަގުސަދުގައެވެ. އެހެންކަމުން އެމްޑީޕީން ވަނީ މިއަދުގެ ވަގުތެއްގައި މުޒާހަރާ ކުރިއަށްގެންދާނެ ރޫޓުވެސް ފުލުހުންނަށް ހިއްސާކުރާނެ ކަމަށް ބުނެފައެވެ.

އެމްޑީޕީން މަޖީދީ މަގުގައި މުޒާހަރާކުރަން ނިންމާފައިވީ ނަމަވެސް، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ފުލުހުންގެ ހުއްދައަކާ ނުލައި މާލޭގައި މުޒާހަރާކުރުމާއި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ދީފައިވަނީ އެންމެ ހަތަރު ސަރަހައްދެއްގައެވެ. އެއީ ހެންވޭރު ކާނިވާ ސަރަހައްދާއި، އުސްފަސްގަނޑާއި، ރަސްފަންނުގެ އިތުރުން އިންޑަސްޓްރިއަލް ޒޯނެވެ. މީގެއިން ސަރަހައްދެއް ފިޔަވައި އެހެން ތަނެއްގައި އެއްވުމެއް ބާއްވާނަމަ، ފުލުހުންގެ ލިޔުމުން ދޫކުރާ ޚާއްސަ ހުއްދައެއް އޮންނަން ޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC