
އެމްޑީޕީ ކޮންގްރެސް: އަސާސީ ޤަވައިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި
# އެމްޑީޕީ# އެމްޑީޕީ ކޮންގްރެސްއެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގެ ތެރެއިން އެ ޕާޓީގެ އަސާސީ ގަވައިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހަޅަން ހުޅުވާލައިފި އެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ކޮންގްރެސްގެ ސުންގަޑިތަކާއި، ކޮންގްރެސްކުރިއަށްދާނެ ގޮތުގެ ތާވަލު އިއްޔެ އާއްމުކޮށްފައިވާއިރު، ތާވަލުގައިވަނީ ސިޔާސަތުތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. އަދި އެ މުއްދަތުގައި އަސާސީ ގަވައިދަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ފުރުުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.
ސިޔާސަތުތަކާއި، އަސާސީ ގަވާއިދުގެ އިސްލާހުތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.
ސިޔާސަތުތަކާއި އިސްލާހުތަކާ މެދު ގޮތް ކޮންގްރެސްގެ ތެރެއިން ނިންމާފައި، ހުށަހަޅާ ސިޔާސަތުތަކާއި، އަސާސީ ޤަވައިދަށް ހުށަހަޅާ އިސްލާހުތައް އާންމުކުރަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އަދި ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފި ރަޖިސްޓާކުރުމަށް މި މަހުގެ 12:30 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފަ އެވެ. އެ މުއްދަތުގެ ތެރޭގައި ޕާޓީގެ ގޮފިތައް އުސޫލާއި އެއްގޮތަށް ނިންމާވެނެކަމަށް ޕާޓީން ބުންޏެވެ.
މީގެއިތުރުން ތާވަލުގައިވަނީ މި އަންނަ މަހުގެ 1 ވަނަ ދުވަހުގެ 13:30 ގެ ކުރިން ކޮންގްރެސްގައި ވޯޓުލެވޭނެ މީހުން އެނގޭނެހެން ޑިލިގޭޓުންގެ ލިސްޓު އާންމުކުރާނެކަމާއި، މި އަންނަ މަހުގެ 5 ގައި ކޮންގްރެސްގެ ބައިވެރިން ރަޖިސްޓްރީވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެ ކަމަށެވެ. އަދި ބައިވެރިން ރަޖިސްޓްރީވުމަށް ދޭ މުއްދަތު ހަމަވާނީ މި އަންނަ މަހު 20 ގެ 12:30 އަށެވެ.
އެމްޑީޕީގެ ކޮންގްރެސް މި އަންނަ މަހުގައި ބާއްވަން ނިންމައި އެކަން އިއުލާންކުރީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 36 ވަނަ ބައްދަލުވުމުގަ އެވެ.
އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ކޮންގްރެސް 5 އަހަރުން އެއް އަހަރު ބޭއްވޭ، ނަމަވެސް ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ހިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ގައުމީ މަޖިލީހުން ފާސްކުރުމުން ބޭއްވޭނެ އެވެ.
ގުޅުންހުރި

އެމްޑީޕީ ކޮންގްރެސް: އަސާސީ ޤަވައިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި

ތިލަފުށީގެ އެނދި ކުނި ކުނބުރުދޫއަށް ބަދަލުކުރުން ހުއްޓުވަން އެމްޑީޕީން ޔޫއާރްއޭއަށް؛ 4 ކަމެއް ސާފުކުރަން ސިޓީއެއް ފޮނުވައިފި

ރައީސް މުއިއްޒުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ: މެމްބަރު މަމްދޫހް




