logoEN
WAMCO TOP 1
އިދާރާތަކުގެ އިތުބާރު ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެން ނުވާނެ - އިހްސާން

އިދާރާތަކުގެ އިތުބާރު ސިޔާސީ ގޮތުން ނަގާލުމުގެ ފުރުސަތު އޮވެގެން ނުވާނެ - އިހްސާން

އަހުމަދު ޝުރާއު

logo

8/11/2026, 9:17:25 AM

# މިނިސްޓަރ އިހްސާން

-

ދައުލަތުގެ އިދާރާތަކުގެ ކަރާމާތާއި އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ.

THE TRAVELLER AD

ވަޒީރު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ކުރެއްވި ސުވާލުގައިވަނީ ފުލުހުންނާ ދޭތެރޭ ނަފްރަތު އުފައްދައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅޭނެ އެއްވެސް ފުރުސަތެއް އޮތްތޯއެވެ.

މި ސުވާލުގެ ޖަވާބުގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ސިޔާސީ މަންފާ ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކުގެ އަގު ވެއްޓޭގޮތަށް ވާހަކަދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، އަދި ކޮންމެ ސިޔާސީ ފިކުރެއް އޮތް ނަމަވެސް އެތަންތަކުގެ އިއްޒަތާއި ކަރާމާތާއި އަބުރު ނެގެހެއްޓެން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފަދަ ތަންތަނަށް ޤާނޫނީ ގޮތުން ފުރިހަމަ ރައްކާތެރިކަން ދެވިފައި ނެތްކަން ފާހަގަކުރައްވަމުން، މިފަދަ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްދިނުމަށް ވަޒީރު ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ.

ކޮމެންޓް
ފަހުގެ
HDC