logoEN
WAMCO TOP 1
އިރާންގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އައު ސެކްރެޓަރީއަކަށް މުޙުސިން ރަޒާއީ ހަމަޖައްސައިފި

އިރާންގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އައު ސެކްރެޓަރީއަކަށް މުޙުސިން ރަޒާއީ ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

8/10/2026, 11:04:25 AM

# އިރާން

-

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކުރީގެ ކޮމާންޑަރ އިން ޗީފް މުޙުސިން ރަޒާއީ، އީރާންގެ އެންމެ މަތިފަންތީގެ ސަލާމަތީ އިދާރާ ކަމަށްވާ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފިއެވެ.

THE TRAVELLER AD

މި މަގާމަކީ އީރާންގެ ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ނުހަނު ބޮޑު ދައުރެއް އަދާކުރާ މަގާމެކެވެ.

އުމުރުން 71 އަހަރުގެ ރަޒާއީ މި މަގާމާ ހަވާލުވެވަޑައިގެންފައިވަނީ، އެމެރިކާއާއި އިޒްރޭލާ ދެމެދު އިރާނުގެ މަސްރަޙު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޚާއްސަކޮށް ދުނިޔޭގެ ތެޔޮ ލައިންތަކުގެ މުހިންމު ބައެއް ކަމަށްވާ ހޯމްޒް ކަނޑުއޮޅި ކޮންޓްރޯލްކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ވަގުތެއްގައެވެ.

އީރާނުން އަންނަނީ އެ ކަނޑުއޮޅިއަކީ އެ ޤައުމަށް ލިބިފައިވާ ބޮޑު ލެވަރޭޖެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ.

ރަޒާއީ މި މަގާމަށް އައްޔަންކުރައްވާފައިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި މުޙައްމަދު ބާޤިރު ޒުލްޤަދަރު، ސުޕްރީމް ލީޑަރ މޮޖްތަބާ ޚާމަނާއީގެ ސިޔާސީ މަޝްވަރާދޭ ބޭފުޅެއްގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. މީގެ ކުރިން މި މަގާމު ފުރުއްވި ޢަލީ ލާރިޖާނީ މިއަހަރުގެ މާރިޗު މަހު އެމެރިކާ-އިޒްރޭލުގެ ވައިގެ ޙަމަލާއެއްގައި އަވަކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.

މުޙުސިން ރަޒާއީއަކީ 1981 އިން 1997 އަށް އައިއާރްޖީސީގެ ވެރިޔާގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި 1980 ގެ އަހަރުތަކުގައި ހިނގި އީރާން-ޢިރާޤު ހަނގުރާމައިގެ ދުވަސްވަރުވެސް އޭނާ އެ މަޤާމުގައި ހުންނެވިއެވެ. އޭގެ ފަހުން އޭނާވަނީ އީރާންގެ އެކްސްޕީޑިއެންސީ ޑިސާރންމަންޓް ކައުންސިލްގެ މެންބަރެއްގެ ގޮތުގައިވެސް ޚިދުމަތްކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC