logoEN
WAMCO TOP 1
އެމެރިކާއިން "އުޅުން ރަނގަޅުކުރަންޖެހޭ": ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ޝަރުތުތައް އީރާނުން ހާމަކޮށްފި

އެމެރިކާއިން "އުޅުން ރަނގަޅުކުރަންޖެހޭ": ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ ޝަރުތުތައް އީރާނުން ހާމަކޮށްފި

އަހުމަދު ޝުރާއު

logo

8/8/2026, 6:34:59 PM

# އިރާން

-

ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށްޓަކައި އެމެރިކާއިން އެޤައުމުގެ "އުޅުން ރަނގަޅުކުރަންޖެހޭ" ކަމަށް ބުނެ، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުޙައްމަދު ބާޤިރު ޒުލްޤަދްރު ޝަރުތުތަކެއް ހުށަހަޅުއްވައިފިއެވެ.

THE TRAVELLER AD

އީރާނުގެ އައިއާރުއައިބީ ބްރޯޑްކާސްޓަރު މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ޒުލްޤަދްރު ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އެމެރިކާއިން އަންނަނިވި ކަންކަން ފުރިހަމަކުރުމުން ކަމަށެވެ:

  1. އީރާނަށާއި އީރާނުގެ މުޤައްދަސް އުޞޫލުތަކަށް ދެމުންދާ އިންޒާރުތައް ހުއްޓާލުން
  2. އީރާނަށާއި ސަރަޙައްދީ މަދަދުގާރުންނަށް އަމާޒުކޮށްގެން ހިންގާ އަސްކަރީ ޙަރަކާތްތައް ދާއިމީކޮށް ހުއްޓާލުން
  3. އީރާނާ ދެކޮޅަށް ހިންގާ ބްލޮކޭޑްގައި ބައިވެރިވާ އެމެރިކާގެ ކަނޑުގެ އަދި ވައިގެ ސިފައިންގެ ބާރުތައް އެ ސަރަޙައްދުން ފަހަތަށް ޖެއްސުން
  4. ފަހުގެ ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުން
  5. އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް (ސެންކްޝަންތައް) އުވާލުން
  6. ހިފަހައްޓާފައިވާ އީރާނުގެ ފައިސާތަކާއި ވަސީލަތްތައް ދޫކޮށްލުން

ޒުލްޤަދްރު އިތުރަށް ވިދާޅުވީ ހަނގުރާމައިގެ ޙާލަތުގައި ކަމުގައިވީ ނަމަވެސް ނުވަތަ މަޝްވަރާގެ މޭޒުމަތީގައި ކަމުގައިވީ ނަމަވެސް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މި ޝަރުތުތަކަށް އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC