logoEN
WAMCO TOP 1
މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރާނީ ސަރަޙައްދީ ޤައުމުތަކުން އަމިއްލައަށް - އިރާން

މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރާނީ ސަރަޙައްދީ ޤައުމުތަކުން އަމިއްލައަށް - އިރާން

އަހުމަދު ޝުރާއު

logo

8/8/2026, 10:38:34 AM

# އިރާން

-

އެމެރިކާއާއި އިސްރާއީލުގެ ނާކާމިޔާބީއާއެކު، މެދުއިރުމަތީގެ މަޝްރަހުގައި ނުތަނަވަސްކަން އުފައްދާ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ސަރަޙައްދު ދޫކޮށް ދާންޖެހޭ ކަމުގެ ވިސްނުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް އީރާނުގެ ރޫޙާނީ ލީޑަރުގެ ޚާރިޖީ ކަންކަމާ ބެހޭ މުޝީރު ޢަލީއަކްބަރު ވެލާޔަތީ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

އީރާނުގެ އަސްކަރިއްޔާއާއި، ރައްޔިތުންގެ ސާބިތުކަމުގެ އިތުރުން "ސަލާމަތީ ބާރުތަކަށް" ތަޢުރީފު ކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެލާޔަތީ ވިދާޅުވީ، ސަރަޙައްދުގެ ނާމާންކަމުގެ މައިގަނޑު ސަބަބަކީ ބޭރުގެ ބާރުތައް ކަމަށެވެ. އަދި ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްގެން ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ސަރަޙައްދީ ޤައުމުތަކަށް އަމިއްލައަށް ކަށަވަރުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވީ، އީރާނުން ހަނގުރާމައަކަށް ނުވަތަ އެހެން ޤައުމެއްގެ ފަސްގަނޑަށް ވެރިވެގަންނަން މަސައްކަތް ނުކުރި ނަމަވެސް، އެއްވެސް ފަރާތެއްގެ މަޖުބޫރުކުރުންތަކާއި ނުތަނަވަސްކަން އުފެއްދުންތަކަށް އީރާނުން ދޫނުދޭނެ ކަމަށެވެ.

މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވަމުންދާއިރު، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 14 އިން ފެށިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ކަނޑުމަގުގެ ބްލޮކޭޑުގެ ދަށުން، 51 ވިޔަފާރި އުޅަނދެއްގެ މިސްރާބު ބަދަލުކޮށް، 2 އުޅަނދެއްގެ ޚިދުމަތް މެދުކަނޑުވާލައި، އަދި އިތުރު 2 އުޅަނދަކަށް ސިފައިން އަރާފައިއެވެ.

ކޮމެންޓް
ފަހުގެ
HDC