.jpeg&w=3840&q=75)
މި ދައުރުގައި 18 ރަށެއްގައި އަލަށް ލެބޯޓަރީ ގާއިމުކޮށްފި، އަމާޒަކީ ދައުރު ނިމޭއިރު ހުރިހާ ރަށަކަށް މި ޚިދުމަތް ދިނުން - ގީލާ
# ހެލްތު މިނިސްޓްރީ-
އަތޮޅު ތެރެއިން ލިބޭ ސިއްހީ ޚިދުމަަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫއުގެ ތެރެއިން، މި ދައުރުގެ މިހާތަނަށް 18 ރަށެއްގައި އަލަށް ލެބޯޓަރީގެ ޚިދުމަތް ގާއިމުކޮށްފައިވާކަމަށާއި، ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ގާއިމުކުރުން ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ގިނަ ސިއްހީ މަރުކަޒުތައް މަރާމާތު ނުކުރެވި ވީރާނާވެފައިވާ ކަމަށާއި، ސިއްހީ ޚިދުމަތް ފޯރުކޮށްދޭން ބޭނުންވާ އަސާސީ ސާމާނާއި ވަސީލަތްތައް ވެސް ނެތްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާގެ ނިޒާމެއް ގާއިމުކޮށްދެއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ބަލިތައް އަވަހަށް ތަހުލީލުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށްވާތީ، މި ދައުރުގައި "ޕޮއިންޓް އޮފް ކެއާ ލެބޯޓަރީ" ގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ދަށުން މިހާރު ވަނީ 13 ޓެސްޓެއް ހެދޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. މިއީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ސަރުކާރަކުން ފޯރުކޮށްދީފައިނުވާ ފަދަ މުހިންމު ޚިދުމަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި، މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ގާއިމުކުރެވިފައިނުވާ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި އެ ޚިދުމަތް ފެށުމަށް ބޭނުންވާ ޖާގަތައް އިތުރުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ސިއްހީ ވުޒާރާއިން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
މި ދައުރުގައި 18 ރަށެއްގައި އަލަށް ލެބޯޓަރީ ގާއިމުކޮށްފި، އަމާޒަކީ ދައުރު ނިމޭއިރު ހުރިހާ ރަށަކަށް މި ޚިދުމަތް ދިނުން - ގީލާ

ކުރީ ސަރުކާރުން ހަވާލުކުރި ސިއްހީ މަޝްރޫއުތައް ދިގުލައިގެން ގޮސް ދައުލަތަށް ބޮޑެތި ގެއްލުންތަކެއް!

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނާ ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި




