logoEN
WAMCO TOP 1
"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނާ ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނާ ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

# ހެލްތު މިނިސްޓްރީ

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އެޕްލިކޭޝަނާ ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމުގެ ތެރެއިން

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" ގެ އެޕްލިކޭޝަނާ ގުޅޭ ފަންނީ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

THE TRAVELLER AD

މިއީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތައް ހަރުދަނާކުރުމަށްޓަކައި، ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއާއި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި އޮގަސްޓް މަހުގެ 9 އިން 12 އަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުމަކީ، އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ESCAP) އާ ގުޅިގެންSP2LNOB އެޕްލިކޭޝަން ބޭނުންކުރުމަށްޓަކައި އިޖްތިމާޢީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެއްގެ ބައެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ތަފާސްހިސާބާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމުގެ ޤާބިލުކަން ދައުލަތުގެ މުއައްސަސާތަކުގައި އިތުރުކުރުމެވެ. މީގެ ސަބަބުން، އެއްވެސް މީހަކު ބާކީނުވާނެ ފަދަ ހަރުދަނާ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް ބިނާކުރުމަށް މަގުފަހިވާނެއެވެ.

"ސޯޝަލް ޕްރޮޓެކްޝަން ޓު ލީވް ނޯ ވަން ބިހައިންޑް" އަކީ އިޖުތިމާޢީ ރައްކާތެރިކަން ފުޅާކުރުމުން، ވަޒީފާގެ ފުރުޞަތުތަކާއި، ޞިއްޙީ ޚިދުމަތް، ތަޢުލީމު އަދި ދިރިއުޅުމުގެ ފެންވަރު ފަދަ އަސާސީ ދާއިރާތަކުން ޚާއްޞަކޮށް ދެމެހެއްޓެނި ތަރައްޤީގެ ލަނޑުދަނޑީގެ ގޮތުގައި ފާހަގަކޮށްފައިވާ އިންޑިކޭޓަރސް ތަކުން ލިބޭ ކުރިއެރުންތައް ދެނެގަނެވޭނެ މުހިންމު ވަސީލަތެކެވެ. މި ވޯކްޝޮޕަކީ 2024 އަދި 2025 ވަނަ އަހަރު ކުރިއަށް ގެންދެވުނު މަޝްވަރާތަކާއި މަސައްކަތުގެ ތެރެއިން މި ވަސީލަތް އިތުރަށް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ކުރިއެރުމެކެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ މި ބައްދަލުވުމުގައި، ޤައުމީ ފެންވަރުގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ސިޔާސަތުތައް ދިރާސާކުރާނެ ގޮތްތަކާއި، ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ފުޅާކުރާނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިންނަށް ތަމްރީނު ދެވޭނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި މިނިސްޓްރީގެ އިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ނޭޝަނަލް ޕްލޭނިންގ ހިމެނޭހެން ޖުމްލަ 20 ފަރާތުން ބައިވެރިވެއެވެ.

ކޮމެންޓް
ފަހުގެ
HDC