
ސާއިދު އަހްމަދު
ނޫސްވެރިޔާ ސާއިދު އަހްމަދުގެ ހާޅު ދެރަވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ދެ ކިޑްނީ ވެސް ފެއިލްވެގެން ފަރުވާ ހޯދަމުން އަންނަ ސާއިދުގެ ހާޅުދެރަވެގެން އައިސީޔޫގައި ފަރުވާދޭން ފެށީ މިއަދުއެވެ.
ގދ. ތިނަދޫއަށް އުފަން، ޕީއެސްއެމް ކުޅިވަރު ޓީމުގެ ހުންގާނުކަމަށްވާ ސާއިދު، އާދައިގެ މަތިން ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ދިޔަތަނުން މާބޮޑަށް ހާލު ދެރަވީކަމަށް އާއިލާ އާ ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފައެވެ. އަދި ޑޮކްޓަރުން އޭނާއާ ދޭތެރޭ އުއްމީދު ކަނޑާލާފައިވާ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އައިޖީއެމްއެޗުގައި ސާއިދުއަށް އަދިވެސް އަވަސް ފަރުވާ ދެމުންދާއިރު އޭނާގެ ބައްޕަ ފިޔަވައި، އާއިލާގެ އެންމެން ތިބީ މާލޭގައެވެ.
ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭގެ ފަހުން އޭނާގެ ބޭސްފަރުވާއަށް އެތައް ފަހަރެއްގެ މަތިން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އޭނާ ދަނީ ފަރުވާ ހޯދަމުންނެވެ. ދެދުވަހުން އެއްދުވަހު އޭނާ ޑައިލިސިސް ހަދަން ޖެހެއެވެ.
ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.
ގުޅުންހުރި

ނޫސްވެރިޔާ ސާއިދުގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާދެނީ

ޝަހާމާގެ ކާމިޔާބީ: ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް ހަމަބިމަށް ތިރިނުވި އަޒުމާއި ހިތްވަރުގެ ފޮނި ނަތީޖާ!

އެމްޑީ ޝަކީބް ރާއްޖޭގައި މިވަގުތު ނެތްކަން ސިޓީއަކުން އެމްޑީޕީއަށް ރޭ އެންގި: މިނިވަން ދައުލަތުގެ މީޑިއާ ހިންގުމަށް ހުރަސްއެޅުން ހުއްޓާލާ - ޕީއެސްއެމް




