
--
ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރަކަށް އަލްފާޟިލް އަޙްމަދު ޝަކީބު އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން މިއަދު ވިދާޅުވީ ޕަބްލިކް ސާރވިސް މީޑިއާ - ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ 6886، އަލްފާޟިލް އަޙްމަދު ޝަކީބު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
ޝަކީބަކީ، ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަޝްހޫރު ބޭފުޅެކެވެ. އެގޮތުން ޕީއެސްއެމްގެ ކުޑައިގެ ދަށުގައިވާ ޓީވީ މޯލްޑިވްސްގެ އެންމެ ދުވަސްވީ އެއް ޕްރޮގްރާމް ކަމަށްވާ ހެނދުނު ހެނދުނާ އާއި ހޭޔަންބޯ ފަދަ ޕްރޮގްރާމްތައް ގިނަ ދުވަސްތަކެއް ވަންދެން ޝަކީމް ވަނީ ހުށަހަޅުއްވައިދެއްވާފައި އެވެ. ޝަކީބް ވަނީ ތައުލީމީ ދާއިރާގައިވެސް ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި އެވެ. މިގޮތުން ޑިޕާޓްމެންޓު އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ އިސްވެރިއެއްގެ ގޮތުގައި ޝަކީބް ވަނީ ގިނަ އަހަރުތަކެއް ހޭދަކުރައްވާފައި އެވެ. ޝަކީބް އަކީ ތައުލީމީ އަދި މީޑިއާ ދާއިރާގައި މުޅި ޖުމުލަ 35 އަހަރުގެ ތަޖުރިބާހުރި ބޭފުޅެކެވެ.
ޕީސީބީން ޕީއެސްއެމްއަށް އައު އެމްޑީއަކު އައްޔަުނުކޮށްފައިމިވަނީ އެމަގާމުގައި ކުރީން ހުންނެވި އިބްރާހިމް ނަސްރީން މިދިޔަ ހަފްތާގައި އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝަކީބް އަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި ޕީއެސްއެމްގެ އެމްޑީއަކަށް އައްޔަނުކުރި 4 ވަނަ އެމްޑީ އެވެ.
ގުޅުންހުރި

އެމްޑީ ޝަކީބް ރާއްޖޭގައި މިވަގުތު ނެތްކަން ސިޓީއަކުން އެމްޑީޕީއަށް ރޭ އެންގި: މިނިވަން ދައުލަތުގެ މީޑިއާ ހިންގުމަށް ހުރަސްއެޅުން ހުއްޓާލާ - ޕީއެސްއެމް

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް ޝަކީބު!

"ނެޝަނަލް ނިއުސް އެޖެންސީ" އިފްތިތާޙުކޮށް، 20 މީޑިއާއަކާއެކު ސޮއިކޮށްފި

.gif&w=3840&q=75)



