logoEN
PNC TOP 3
އެމްޑީ ޝަކީބް ރާއްޖޭގައި މިވަގުތު ނެތްކަން ސިޓީއަކުން އެމްޑީޕީއަށް ރޭ އެންގި: މިނިވަން ދައުލަތުގެ މީޑިއާ ހިންގުމަށް ހުރަސްއެޅުން ހުއްޓާލާ - ޕީއެސްއެމް

އެމްޑީ ޝަކީބް ރާއްޖޭގައި މިވަގުތު ނެތްކަން ސިޓީއަކުން އެމްޑީޕީއަށް ރޭ އެންގި: މިނިވަން ދައުލަތުގެ މީޑިއާ ހިންގުމަށް ހުރަސްއެޅުން ހުއްޓާލާ - ޕީއެސްއެމް

އަހުމަދު ޝުރާއު

logo

3/16/2026, 10:58:52 AM

# ޕީއެސްއެމް

-

އެމްޑީޕީގެ ކަންބޮޑުވުންތައް ހިއްސާކުރަމަށް މިއަދު އެޕާޓީން ޕީއެސްއެމްއަށް ގޮސް އެމްޑީ އަހްމަދު ޝަކީބު އާއި ބައްދަލުނުކުރެވިގެން އިހްތިޖާޖުކުރީ އެކަމަށް ޕީއެސްއެމްއިން ޖަވާބު ދާރީވެފައިވަނިކޮށް ކަމަށް ޕީއެސްއެމުން ބުނެފި އެވެ.

PNC MID 2

އެމްޑީޕީން މިއަދު ޕީއެސްއެމްގެ ވެރިންނާއި ބައްދަލުކުރުމަށް މަސައްކަތްކުރީ އަންނަ އެޕްރީލް 4، ގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން މައުލޫމާތު ދިނުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ފުރުސަތު ނުދޭކަމަށް ބުނެ އެވެ.

އެމްޑީޕީގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަމަށް މިއަދު ޕީއެސްއެމްއަށް ދިޔުމުން ޝަކީބުއާ ބައްދަލުވާގޮތް ނުވުމުން ޕީއެސްއެމްގެ އިސްވެރިޔަކާ ބައްދަލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރުމުން އެކަން ވެސް ކާމިޔާބުވާ ގޮތް ނުވުމުން ޝަކީބުގެ އިސްތިއުފާއަށް ގޮވާފައިވާކަމަށް އެމްޑީޕީން ވަނީ ބުނެފައި އެވެ.

ނަމަވެސް މިކަމާއި ގުޅިގެން ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ފަރާތުން އެކުންުފުނީގެ އެމްޑީ ޝަކީމްއާއި ބައދަލުކުރެއްވުމަށް މިއަދު 13:00 ގައި އެޕާޓީގެ ބޭފުޅުން ވަޑައިގަންނަވާނެކަމަށް ރޭގެ ވަގުތެއްގައި ސިޓީއަކުން އެންގުމުން އެމްޑީ މިދަނޑިވަޅުގައި ހުންނެވީ އުމްރާއަށް ސައުދީ އަރަބިއްޔާގައި ކަމުން އެމްޑީ ރަށުގައި ނޫޅުއްވާ ކަމަށާއި ކަންބޮޑުވުން ފާޅުކުރައްވާފައިވާ މައްސަލާގައި ކަންއޮތްގޮތް ސާފުކޮށްދީ ސިޓީއަކުން އެމްޑީޕީއަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

ނަމަވެސް އެކަމަށް ޖަވާބު ދީފައިވަނިކޮށް މިނިވަން ދައުލަތެއްގެ މީޑިއާގެ މުވައްޒަފުން ހިތްތަކުގައި ބިރުވެރިކަން އުފައްދާ، މިނިވަން ދައުލަތުގެ މީޑިއާ ހިންގުމަށް ހުރަސްއަޅާ ކުރިޔަށް ގެންދަމުންދާ ކަންކަން ވަގުތުން ހުއްޓާލުމަށް އެމްޑީޕީއަށް ޕީއެސްއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC