logoEN
WAMCO TOP 1
ރަންބީރާއި އާލިއާއަށްވުރެ ރާހާ މާ ކުރިއަށްދާނެކަމަށް ކާފަ މަހޭޝް ބަޓް ބުނެފި

ރަންބީރާއި އާލިއާއަށްވުރެ ރާހާ މާ ކުރިއަށްދާނެކަމަށް ކާފަ މަހޭޝް ބަޓް ބުނެފި

ސާރާ އަހުމަދު

logo

8/10/2026, 7:50:10 AM

# ބޮލީވުޑް

--

މަޝްހޫރު ފިލްމު ޑައިރެކްޓަރ މަހޭޝް ބަޓް އޭނާގެ ކާފަދަރިފުޅު، ރާހާ ކަޕޫރު އާ ގުޅޭގޮތުން ޝައުގުވެރި ވާހަކަތަކެއް ހިއްސާކޮށްފިއެވެ.

THE TRAVELLER AD

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި، މަހޭޝް ބަޓް ބުނެފައިވަަނީ އޭނާ ގަބޫލުކުރާ ގޮތުގައި ރާހާ ބޮޑުވެގެން އޭނާގެ މަންމަ އާލިއާ ބަޓް އަދި ބައްޕަ ރަންބީރު ކަޕޫރަށްވުރެ މާ ބޮޑަށް ކުރިއަރައިގެންދާނެއެވެ.

މީގެ އިތުރުން، މަހޭޝް ބަޓް ވަނީ ރާހާގެ މިޒާޖާ ގުޅޭގޮތުން ވާހަކަދައްކަމުން، ރާހާއަކީ އޭނާގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓްގެ "މާ ހަރަކާތްތެރި" ވާޝަންއެއް ކަމަށް ސިފަކޮށްފައެވެ.

މިއީ ރާހާގެ ކިބައިގައި ހުންނަ ހަލުވިކަމާއި އުފާވެރި މިޒާޖަށް އިޝާރާތްކޮށް މަހޭޝް ބަޓް ބުނެފައިވާ ބަހެއްކަމަށް ބެލެވެއެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޖޯޑު ކަމަށްވާ ރަންބީރާއި އާލިއާގެ ދަރިފުޅު ރާހާއަކީ މިހާރުވެސް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ.

ކާފަ މަހޭޝް ބަޓްގެ މި ބަސްތަކާއެކު، ބަޓް އަދި ކަޕޫރު އާއިލާއިން ރާހާދެކެ ވާ ލޯބި އަނެއްކާވެސް މިވަނީ ހާމަވެގެން ގޮސްފައެވެ.

ކޮމެންޓް
ފަހުގެ
HDC