
--
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އަދި އިންޑިއާގެ ޕާލަމެންޓް މެމްބަރު ކަންގަނާ ރަނާވަތު އާދައިގެ ސާރީއެއްގައި ހުރެ، އެތައް ލައްކަ ރުޕީސްއެއްގެ އަގުހުރި ދަބަހަކާއި ގަޑިއެއް ބޭނުންކޮށްގެން ދާދި ފަހުން ފެނިގެންދިޔަ މަންޒަރާއެކު، އާންމުންނާއި މީޑިއާގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ކަންގަނާ ލައިގެން ހުރި ފަނޑު ނޫކުލައިގެ ސާދާ ސާރީއާ ގުޅުވާލާފައިވަނީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ދަބަސްކަމަށްވާ 'ބަރކިން' ޑިޒައިންގެ ދަބަހަކާއެވެ. މި ދަބަހުގެ އަގު ގާތްގަނޑަކަށް 35 ލައްކަ އިންޑިއަން ރުޕީސްއަށް އަރާނެކަމަށް ލަފާކުރެވެއެވެ.
އޭގެ އިތުރުން، އޭނާގެ މި ލުކް ފުރިހަމަކުރުމަށް އަތުގައި އަޅާފައި އޮތީ ގާތްގަނޑަކަށް 21 ލައްކަ ރުޕީސްގެ އަގުހުރި 'ރޮލެކްސް' ބްރޭންޑްގެ ގަޑިއެކެވެ.
ސާދާ، ފަނޑު ކުލަތަކުގެ ހެދުމަކާއެކު މިފަދަ އަގުބޮޑު ބްރޭންޑްތަކުގެ އެކްސެސަރީޒް ބޭނުންކުރުމަކީ ކަންގަނާގެ ފެޝަން ސެންސްގެ ތަފާތުކަން ދައްކުވައިދޭ ކަމެއް ކަމަށް ފެޝަން ދާއިރާގެ ކްރިޓިކުން އަންނަނީ ފާހަގަކުރަމުންނެވެ.
ސިޔާސީ މައިދާނަށް ނުކުތުމަށްފަހު އާންމުކޮށް ސާރީ ފަދަ އާދައިގެ ހެދުންތައް ޚިޔާރުކުރި ނަމަވެސް، ކަންގަނާ އަކީ އަބަދުވެސް ތަފާތު ސްޓައިލްތަކާއި އަގުބޮޑު ފެޝަން އައިޓަމްތަކަށް ލޯބިކުރާ ތަރިއެއްކަން މި ލުކުން ވަނީ އަނެއްކާވެސް ސާބިތުކޮށްދީފައެވެ. އޭނާގެ މި ޚާއްޞަ ސްޓައިލަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ތައުރީފުކޮށް، ޚިޔާލުފާޅުކުރަމުންނެވެ.
ގުޅުންހުރި

ރަންބީރާއި އާލިއާއަށްވުރެ ރާހާ މާ ކުރިއަށްދާނެކަމަށް ކާފަ މަހޭޝް ބަޓް ބުނެފި

ސިދާތުގެ ސަޕޯޓް އަންހެނުން ކިއާރާގެ އާ ފިލްމު 'ޓޮކްސިކް' އަށް!

އާދައިގެ ސާރީއެއްގައި ހުއްޓަސް ކަންގަނާގެ އަތުގައި އޮތީ 35 ލައްކައިގެ ދަބަހެއް!




