
--
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސިދާތު މަލްހޯތުރާ، އޭނާގެ އަންހެނުން ކިއާރާ އަދުވާނީގެ ކުރިއަށް އޮތް އެކްޝަން ތްރިލަރ ފިލްމު "ޓޮކްސިކް" ގެ ޓްރެއިލަރ ރިލީޒްކުރުމާ ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް ސިދާތު ބުނެފައިވަނީ ކިއާރާ މި ރޯލަށް ކުރި ބުރަ މަސައްކަތާއި އަދި ހިތްވަރު ބޮޑު ސްކްރީނުން ފެނިގެންދާނެ ކަމަށެވެ. އޭނާ ވަނީ ފިލްމުގެ ޓީމަށް ކާމިޔާބީއަށް އެދި، 26 އޮގަސްޓަށް އިންތިޒާރުކުރާ ކަމަށްވެސް ބުނެފައެވެ.
މި ފިލްމުގައި ކިއާރާ ކުޅެނީ 'ނާޑިއާ' ގެ ރޯލެވެ. ފިލްމުގެ ޓްރެއިލަރ ލޯންޗުކުރުމުގެ ހަފްލާގައި ވާހަކަދައްކަމުން ކިއާރާ ވަނީ ޑައިރެކްޓަރ ގީތޫ އާއި ލީޑު އެކްޓަރ ޔަޝް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ފިލްމަކީ އޭނާގެ ކެރިއަރު ބަދަލުކޮށްލާނެ ފިލްމެއްކަން ފާހަގަކޮށް، "ޓޮކްސިކްގެ ކުރީގެ ކިއާރާ އާއި ޓޮކްސިކްގެ ފަހުގެ ކިއާރާ" ތަފާތުވާނެކަމަށް އޭނާ ބުނެފައިވެއެވެ.
މި ފިލްމަކީ 2025 ވަނަ އަހަރު ކިއާރާ އާއި ސިދާތުއަށް އަންހެން ދަރިފުޅު، ސަރާޔާ ލިބުމާ ގުޅިގެން ފިލްމީ ދާއިރާއާ ދުރުގައި ހޭދަކުރި މެޓަރނިޓީ ބްރޭކަށްފަހު، ކިއާރާ އެނބުރި ބޮޑު ސްކްރީނަށް އަންނަ ފުރަތަމަ ފިލްމުކަމަށްވުމުން މިއީ ސަޕޯޓަރުންނަށް ވަރަށް ޚާއްޞަ ފިލްމެކެވެ.
ގީތޫ މޯހަންދާސް ޑައިރެކްޓްކޮށް، ސައުތުގެ މަޝްހޫރު ތަރި ޔަޝް ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގެ ކާސްޓުގައި ނަޔަންތާރާ، ރުކްމިނީ ވަސަންތު، ހިމެނެއެވެ.
މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 26 އޮގަސްޓް 2026 ގައެވެ.
ގުޅުންހުރި

ރަންބީރާއި އާލިއާއަށްވުރެ ރާހާ މާ ކުރިއަށްދާނެކަމަށް ކާފަ މަހޭޝް ބަޓް ބުނެފި

ސިދާތުގެ ސަޕޯޓް އަންހެނުން ކިއާރާގެ އާ ފިލްމު 'ޓޮކްސިކް' އަށް!

އާދައިގެ ސާރީއެއްގައި ހުއްޓަސް ކަންގަނާގެ އަތުގައި އޮތީ 35 ލައްކައިގެ ދަބަހެއް!




