logoEN
WAMCO TOP 1
ގައްދޫ ރައްޔިތުންނަށް އުފާވެރި ޚަބަރެއް - މި އަހަރު ޑަޔަލިސިސް ހިދުމަތް ފެށޭނެ

ގައްދޫ ރައްޔިތުންނަށް އުފާވެރި ޚަބަރެއް - މި އަހަރު ޑަޔަލިސިސް ހިދުމަތް ފެށޭނެ

# ހެލްތް މިނިސްޓަރު# ގދ.ގައްދޫ

ގައްދޫ

ގދ. ގައްދޫގައި މިއަހަރު ޑަޔަލިސިސްގެ ހިދުމަތް މިފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ގައްދޫގައި ޑަޔަލިސިސްގެ ހިދުމަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެއްކޮށް ނިންމާލަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ގައްދޫގައި އާންމު ސިއްހީ ހިދުމަތާއި ލެބޯޓްރީގެ ހިދުމަތް މިހާރު ވެސް ލިބެމުންދާ އިރު، މި ސަރުކާރުން ވަނީ އަލަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ފަރުވާ އާއި އަންހެނުންގެ ބަލިތަކުގެ ހާއްސަ ފަރުވާގެ ހިދުމަތް އެ ރަށުގައި ފަށާފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC