logoEN
WAMCO TOP 1
ކިހާދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް މި މަހު ފަށަނީ

ކިހާދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް މި މަހު ފަށަނީ

# ހެލްތް މިނިސްޓަރު# ބ ކިހާދޫ

ހެލްތު މިިނިސްޓަރ ޤީލާ ޢަލީ

ބ. ކިހާދޫ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ ކަަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަަށް ޖަވާބު ދެއްވަމުންނެވެ.

މައުރޫފު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކިހާދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި މިހާރު އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކިހާދޫ ސިއްހީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތްތައް ކުރިއަށް ކުރިއަށް ގެންދިއުމަށް ވަނީ ބަޔަކާއި މިހާރު ހަވާލުކުރެވިފައި ކަމަށާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން އެ ސަރަހައްދު މޮބިލައިޒް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކްސްޓެންޝަން އިމާރާތުގެ ޢަމަލީ މަސައްކަތްތައް މި މަސްތެރޭ ފެށޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ހަތްމަސްތެރޭ ކޮށް ނިންމުމަށް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވައި ގީލާ ވިދާޅުވީ އަންނަ އަހަރު މި މަސައްކަތް ނިމި އާ އިމާރާތުން ރައްޔިތުންނަށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ. މި މަސައްކަތް ކުރިއަށް ދާއިރު ރަށުން މިވަގުތު ލިބެން ހުރި ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަން ގީލާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ގީލާ ވިދާޅުވީ މިވަގުތު ވެސް އާންމު ބަލިތަކުގެ ޑޮކްޓަރެއް އެ މަރުކަޒުގައި މަސައްކަތްކުރަމުން އަންނަ ކަމަށާއި އަދި މިއަހަރުތެރޭގައި އެރަށުގައި ލެބޯޓްރީއެއް ގާއިމްކުރެވި އެތަނުން އާންމުންނަށް ހިދުމަތްދެވެން ފަށާނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC