logoEN
WAMCO TOP 1
ގދ. އަތޮޅުން ޕާސްޕޯޓުގެ ޚިދުމަތް ފެށި ދެވަނަ ރަށަކަށް ގައްދޫ!

ގދ. އަތޮޅުން ޕާސްޕޯޓުގެ ޚިދުމަތް ފެށި ދެވަނަ ރަށަކަށް ގައްދޫ!

އަހުމަދު ޝުރާއު

logo

8/8/2026, 9:28:40 AM

# ގދ.ގައްދޫ

-

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގދ. ގައްދޫގައި މިއަދު ވަނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައެވެ.

THE TRAVELLER AD

މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިހާރު ގައްދޫއިން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ.

އެގޮތުން ގައްދޫއިން ޕާސްޕޯޓު ނަގަން ބޭނުންވާ ނަމަ، އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު ކަލެކްޝަން ޕޮއިންޓްގެ ގޮތުގައި ގައްދޫ ޚިޔާރުކުރަން ޖެހޭނެއެވެ.

މިއާއެކު ގައްދޫ ވެގެން ގޮސްފައިވަނީ ގދ. އަތޮޅުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ދެވަނަ ރަށަށެވެ. މި އަތޮޅުން އެންމެ ފުރަތަމަ ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 2023 ވަނަ އަހަރު ތިނަދޫ ސިޓީގައެވެ.

މި ޚިދުމަތް ގައްދޫގައި ފެށުމާއެކު، ގދ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓު ނެގުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހާ އަތޮޅުތަކަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކޮމެންޓް
ފަހުގެ
HDC