logoEN
WAMCO TOP 1
ކިހާދޫ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފްގެ ޚާއްޞަ ޕްރޮގްރާމްތަކެއް ބާއްވަން މަޝްވަރާކޮށްފި

ކިހާދޫ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފްގެ ޚާއްޞަ ޕްރޮގްރާމްތަކެއް ބާއްވަން މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

8/6/2026, 6:35:12 AM

# ބ ކިހާދޫ

-

ބ. ކިހާދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މަރުކަޒާއި އެ މަރުކަޒުގެ މަސައްކަތްތަކާ ގުޅޭގޮތުން އެ ރަށުގެ ކައުންސިލާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

THE TRAVELLER AD

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިފާޢީ ދާއިރާގެ ބައެއް މުހިންމު ޚިދުމަތްތައް ބ. ކިހާދޫގައި ޤާއިމުކުރުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެ ރަށު ރައްޔިތުންނަށް އަމާޒުކޮށްގެން މޫދު ކަސްރަތު ޕްރޮގްރާމްތަކާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ބެހޭ ޚާއްޞަ ޓްރޭނިންގ ޕްރޮގްރާމްތައް ބޭއްވުމާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ފާޠިމަތު މިޒްނާ ޢަލީއާއި، އެމްއެންޑީއެފްގެ ކަމާގުޅޭ ޚިދުމަތްތަކުގެ ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ އިތުރުން ބ. ކިހާދޫ ކައުންސިލްގެ ބައެއް އިސް ވެރިންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC