logoEN
WAMCO TOP 1
ޕެން ޑްރައިވްގެ ބޭނުން އަދިވެސް އެބައޮތްތަ؟

ޕެން ޑްރައިވްގެ ބޭނުން އަދިވެސް އެބައޮތްތަ؟

ސާރާ އަހުމަދު

logo

8/10/2026, 7:00:52 AM

# ޓެކްނޮލޮޖީ

-

މީގެ އަހަރުތަކެއް ކުރިން ފްލޮޕީ ޑިސްކްތަކުގެ ބަދަލުގައި އާންމުވި 'ޔޫއެސްބީ ފްލޭޝް ޑްރައިވް' ނުވަތަ އާންމު ނަމުންނަމަ ޕެން ޑްރައިވްތަކަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ ގިނަ ދުވަހު ބޭނުންކުރެވެމުން އަންނަ އެއް އާލާތެވެ.

THE TRAVELLER AD

ނަމަވެސް، ފަހަކަށް އައިސް ފައިލްތަކުގެ ސައިޒު ބޮޑުވެ، އެސްއެސްޑީ ފަދަ ސްޓޯރޭޖްތައް އާންމުވުމާއެކު، ޕެން ޑްރައިވްތަކުގެ ޒަނާބް ހިނގައްޖެކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.

ފްލޭޝް ޑްރައިވްތަކަށް އޮންނަ ޑިމާންޑް ކުޑަވާން ދިމާވި މައިގަނޑު ސަބަބަކީ އެއަށް ލެވޭ ފައިލްތަކުގެ ޖާގަ ކުޑަވުމެވެ. ގިނަ ފްލޭޝް ޑްރައިވްތަކުގައި ހުންނަނީ ގާތްގަނޑަކަށް 128 ޖީބީގެ ޖާގައެވެ. މިހާރުގެ ސްމާޓްފޯންތަކުން ނަގާ 4K ވީޑިއޯތަކާއި ބޮޑެތި ފައިލްތަކަށް މި ޖާގަ ނުފުދެއެވެ.

އަދި ފައިލް ޓްރާންސްފަރ ކުރާ ސްޕީޑުވެސް އެސްއެސްޑީ ތަކާ އަޅާބަލާއިރު ޕެން ޑްރައިވްތަކުގައި ލަހެވެ. އެސްއެސްޑީ ތަކުގައި 1 ޓީބީ އަށްވުރެ ބޮޑު ޖާގަ ހުރުމާއި، ސްޕީޑު އަވަސްވުމުގެ އިތުރުން ޔޫއެސްބީ-ސީ ކޭބަލް ބޭނުންކުރެވޭތީ ގިނަ ބަޔަކު އެސްއެސްޑީ އިޚްތިޔާރުކުރަން ފެށިއެވެ.

އެހެންނަމަވެސް، ޕެން ޑްރައިވްތައް މުޅިން ނެތިގެންދާނެކަމަށް ބެލެވުނު ނަމަވެސް، 2025 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އާޓިފިޝަލް އިންޓެލިޖެންސް އަށް އޮތް ޑިމާންޑް ބޮޑުވެ، ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ސްޓޯރޭޖްތައް ގިނަވުމުގެ ސަބަބުން އެސްއެސްޑީތަކުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

މިސާލަކަށް، 2025 ވަނަ އަހަރުގެ ނޮވެމްބަރުގައި 318 ޑޮލަރަށް ލިބުނު 4 ޓީބީގެ ސެމްސަންގް އެސްއެސްޑީއެއްގެ އަގު މިހާރު ވަނީ 1،100 ޑޮލަރަށް އުފުލިފައެވެ.

އެސްއެސްޑީތަކުގެ އަގު މިހާ ބޮޑަށް އުފުލުމާ ގުޅިގެން، އާންމު ކުދި ފައިލްތަކާއި ލިޔެކިޔުންތައް ނުވަތަ ޓެކްސް ފައިލްތައް ފަދަ ތަކެތި ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ޕެން ޑްރައިވްތައް އަނެއްކާވެސް ވަނީ އެންމެ އަގުހެޔޮ އަދި އެކަށީގެންވާ އޮޕްޝަނަށް ވެފައެވެ.

2026 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ގޫގުލް ޓްރެންޑްސް އިން ދައްކާގޮތުގައި "ޔޫއެސްބީ ފްލޭޝް ޑްރައިވް ޕޯޓަބަލް" ފަދަ ބަސްތައް ހޯދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، ޕެން ޑްރައިވްތަކަކީ އަދިވެސް އާންމުންގެ މެދުގައި ބޭނުންތެރިކަން ކުޑަނުވާ މުހިންމު އާލާތެކެވެ.

ކޮމެންޓް
ފަހުގެ
HDC