logoEN
WAMCO TOP 1
މެޓާގެ ސްމާޓް އައިނާ ގުޅޭގޮތުން އާންމުންގެ ޕްރައިވެސީގެ ކަންބޮޑުވުންތަކެއް

މެޓާގެ ސްމާޓް އައިނާ ގުޅޭގޮތުން އާންމުންގެ ޕްރައިވެސީގެ ކަންބޮޑުވުންތަކެއް

ސާރާ އަހުމަދު

logo

8/8/2026, 8:50:29 AM

# ޓެކްނޮލޮޖީ

--

ޓެކްނޮލޮޖީގެ މަޝްހޫރު ވެބްސައިޓް "އެންގެޖެޓް" އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި، ފަހަކަށް އައިސް ގިނަ ބައެއްގެ މެދުގައި މަގުބޫލުވަމުން އަންނަ "ރޭ-ބޭން މެޓާ ސްމާޓް ގްލާސަސް" އާ ގުޅޭގޮތުން ހުރި ޕްރައިވެސީ ގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައިފިއެވެ.

THE TRAVELLER AD

މި އައިނަކީ ފަސޭހަކަމާއެކު ފޮޓޯއާއި ވީޑިއޯ ނެގުމުގެ އިތުރުން ލައިވްސްޓްރީމް ކުރުމުގެ ގާބިލުކަން ލިބިފައިވާ އައިނަކަށް ވުމާއެކު، މީގެ ސަބަބުން އާންމުންގެ ޕްރައިވެސީއަށް ނުރައްކާވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މި އައިނުގައި ކެމެރާ އަދި މައިކްރޯފޯން ހަރުކޮށްފައިވީ ނަމަވެސް، މިއީ ބަލާބެލުމަށް އާންމުކޮށް މީހުން އަޅާ ރޭ-ބޭން އައިނަކާ ވަރަށް ވައްތަރު ޑިޒައިނެކެވެ. އެހެންކަމުން، އެހެން މީހުންނަށް ނޭނގި ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ފުރުސަތު މި އައިނު އަޅައިގެން ތިބޭ މީހުންނަށް ވަރަށް ބޮޑަށް އޮވެއެވެ.

ފޮޓޯ ނުވަތަ ވީޑިއޯ ކުރާކަން އަންގައިދިނުމަށް އައިނުގައި ކުޑަ ލެޑް ލައިޓެއް ދިއްލޭ ގޮތަށް މެޓާއިން ހަދާފައިވީ ނަމަވެސް، ޕްރައިވެސީއަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ އަލިގަދަ ތަންތަނުގައި ނުވަތަ ދުރުގައި ތިބޭ މީހުންނަށް ފަސޭހައިން ފާހަގަކުރެވޭނެ އެއްޗެއް ނޫނެވެ.

މީގެ އިތުރުން، މި އައިނު މެދުވެރިކޮށް މެޓާއަށް އެއްކުރެވޭ ޑޭޓާތަކާއި، އޭއައި ފީޗަރތަކަށް ބޭނުންކުރާ މައުލޫމާތުތަކާ ގުޅޭގޮތުންވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.

ޓެކް މާހިރުން ލަފާދޭ ގޮތުގައި، މިފަދަ ސްމާޓް ޑިވައިސްތައް ބޭނުންކުރާއިރު، އަމިއްލަ ޕްރައިވެސީގެ އިތުރުން އެހެން މީހުންގެ ހައްގުތަކަށްވެސް އިހުތިރާމްކޮށް، ފަރުވާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުންކުރުން ވަރަށް މުހިންމެވެ.

ކޮމެންޓް
ފަހުގެ
HDC