logoEN
WAMCO TOP 1
ފޯނު ކަވަރުގެ ސަބަބުން ޗާޖުވާ މިންވަރު ލަސްވަނީތަ؟

ފޯނު ކަވަރުގެ ސަބަބުން ޗާޖުވާ މިންވަރު ލަސްވަނީތަ؟

ސާރާ އަހުމަދު

logo

8/9/2026, 5:19:57 PM

# ޓެކްނޮލޮޖީ

-

ފޯނު ވައިލެސްކޮށް ޗާޖުކުރުމުގެ ޓެކްނޮލޮޖީ އާންމުވަމުން އަންނައިރު، ފޯނުގައި އަޅުވާފައި ހުންނަ ކަވަރުގެ ސަބަބުން ޗާޖުވާ މިންވަރާއި ސްޕީޑަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ޓެކްނޮލޮޖީގެ މާހިރުން ފާހަގަކޮށްފިއެވެ.

THE TRAVELLER AD

އަދި ވައިލެސް ޗާޖިންގ އެންމެ ފުރިހަމައަށް މަސައްކަތްކުރަނީ ވެސް ވަކި ޚާއްޞަ ބާވަތްތަކެއްގެ ކަވަރު ބޭނުންކުރުމުން ކަމަށް ވެސް މާހިރުން ލަފާ ދެއެވެ.

މާހިރުން ބުނާގޮތުގައި ވައިލެސްކޮށް ފޯނު ޗާޖުކުރާއިރު އެންމެ ރަނގަޅަށް މަސައްކަތްކުރަނީ ތުނި އަދި މެގްނެޓިކް (މެގްސޭފް ފަދަ) ރިންގު ހިމެނޭ ކަވަރުތަކެވެ. މިއީ ޗާޖިންގ ޕެޑާއި ފޯނުގެ އެތެރޭގައިވާ ޗާޖިންގ ކޮއިލްއާ ދެމެދު އޮންނަ މެގްނެޓިކް ގުޅުން ވަރުގަދަކޮށް، ހަކަތަ ފޯރުކޮށްދިނުން އަވަސްކޮށްދޭ ކަމެކެވެ. ސިލިކޯން، ޕްލާސްޓިކް އަދި ތުނި ކަވަރުތަކަކީ ވައިލެސް ޗާޖިންގ ސިގްނަލަށް ހުރަސްނާޅާ މެޓީރިއަލްތަކެކެވެ.

މިއާޚިލާފަށް، ބޯ ކަވަރުތަކާއި، ދަގަނޑު އެކުލެވޭ ކަވަރުތައް ބޭނުންކުރުމަކީ ވައިލެސް ޗާޖިންގ މަސައްކަތްނުކުރުން ނުވަތަ ޗާޖުވާ ސްޕީޑު ވަރަށް ބޮޑަށް ލަސްކޮށްދޭ ކަމެކެވެ. ދަގަނޑަކީ މެގްނެޓިކް ފީލްޑް ބްލޮކްކުރާ އެއްޗަކަށްވާތީ، މެޓަލް ކަވަރު އަޅުވައިގެން ޗާޖުކުރުމަކީ ފޯނު ހޫނުވުމަށްވެސް މެދުވެރިވާނެ ކަމެކެވެ.

އެހެންކަމުން، ވައިލެސް ޗާޖިންގ ބޭނުންކުރާ ފަރާތްތަކުން ފޯނު ކަވަރެއް ގަންނައިރު، ކަވަރުގެ ތުނިމިނަށާއި، ބޭނުންކޮށްފައިވާ މެޓީރިއަލްގެ އިތުރުން މެގްނެޓިކް ޗާޖިންގ އަށް ސަޕޯޓުކުރާ ކަވަރެއް އިޚްތިޔާރުކުރުމަށް މާހިރުން އިރުޝާދުދެއެވެ.

ކޮމެންޓް
ފަހުގެ
HDC